ފައްޔާޒު ޕޮލިހަށް ހާޒިރު ކުރުމަށްފަހު, ހައްޔަރަށް ގެންދިއުމަށް މުއިއްޒު ވަނީ ފުލުހުންނަށް އަމުރު ކޮށްފަ! ފައްޔާޒު “ވާނުވާ”ގަ ބެހެއްޓުމަށް ދޫނިދޫގައި ގޮޅިއެއް ވަނީ މަރާމާތު ކުރަން ފަށާފަ!

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކޮރަޕްޝަންގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާދަމާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު, އޭނާ މުއްދަތެއް ނެތްގޮތަށް ބަންދު ކުރުމަށް މުއިއްޒު ފުލުހުންގެ މުވައްސަސާއަށް އަމުރު ކޮށްފިއެވެ.
ފުލުހުންގެ އިސް އޮފިޝަލަކު “ދިޔަވަރު އޮންލައިން” އަށް މައުލޫމާތު ދިން ގޮތުގައި ފައްޔާޒު ޕޮލިހަށް ހާޒިރު ކުރުމަށްފަހު މާދަމާ ދޫނިދޫއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުއިއްޒު ބޭނުންވަނީ, ޝަރީއަތް ނިމެންދެން ފައްޔާޒު ވާނުވާގައި ބެހެއްޓުމަށް ކަމަށްވެސް ފުލުސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ފައްޔާޒް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާ މެންދުރު ފަހު 15:00 އަށެވެ.
ފައްޔާޒް ހާޒިރު ކުރަން ފޮނުވި ޗިޓުގައި އޮތީ އާރުޑީސީ އަށް ލިބޭ ފައިސާ ކުންފުނީގެ ވެރިންނާއި އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރުޑީސީން ކުރި މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒް އަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށެވެ.
އެކަމާ ގުޅިގެން ފައްޔާޒް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިފައިވާ ކަމަށެވެ. އާރުޑީސީން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ، ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ކާމިޔާބު ނުވާނެކަން ޔަގީން ވުމުން މުއިއްޒު ގެންދަނީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވާ, އަދި އިދިކޮޅު އެމްޑީޕީގެ އިސްވެރިން ހައްޔަރު ކުރުމަށް ރާވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ