ސަރުކާރުގެ ޔަގީންކަން؛ ކިޔެވުމަށް ހުރަހެއް ނޭޅޭނެ، ދަރިވަރުންނަށް ދެރަ ގޮތެއް ވެސް ނުވާނެ

ދަރިވަރުންގެ ޔޫނިއަން އިން ބުނީ މި ބައްދަލްވުމުގައި ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ އުންމީދު ދެއްވުމުން ހިތްތަކަށް ތަސައްލީއެއް ލިބިފައިވާ ކަމަށެވެ.
ގައުމީ ޔުނިވާސިޓީގެ ސުކޫލް އޮފް މެޑިސިން ގައި ކިޔަވަމުންދާ ދަރިވަަރުންގެ ކިޔެވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމާއި ދަރިވަރުންނަށް ދެރަ ގޮތެއް ވެސް ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.
މި ޔަގީންކަން ސަރުކާރުން ދިނީ ދަރިވަރުންނާއެކު އޮތް ބައްދަލްވުމެއްގަ އެވެ. މި ބައްދަލްވުމާއި ގުޅޭގޮތިުން ދަރިވަރުންގެ ޔޫނިއަން އިން ބުނީ ދަރިވަރުންގެ އެދުމުގެ މަތީން ހުކުރު ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ އިސް ބޭފުޅުންނާ އެކު ބައްދަލްވުމެއް ބާއްވާފައިވާ ކަމަށާ ބައްދަލްވުމުގައި ދަރިވަރުންގެ ހުރި ވަރަށް ގިނަ ކަންބޮޑުވުންތައް ތަފްސީލީ ގޮތެއްްގައި ހިއްސާކޮށްފައިވާ ކަމަށެވެ.ގައުމީ ޔުނިވާސިޓީއާ އައިޖީއެމްއެޗްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލްވުމުގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ބުންޏެވެ. އަދި ދަރިވަރުންގެ ތައުލީމީ ހައްގުތައް ރައްކާތެރި ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން އެކަމަށް އިސްކަން ދެއްވާނެ ކަމާއި މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމުކޮށް ދެއްވާނެ ކަމުގެ ޔަގީން ކަމާއި ސިއްހީ ދާއިރާ އަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަން ސަރުކާރުގެ ވެރީން ފާހަގަ ކުރައްވާފައިވާ ކަމަށް ވެސް ބުންޏެވެ.ދަރިވަރުންގެ ޔޫނިއަން އިން ބުނީ މި ބައްދަލްވުމުގައި ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ އުންމީދު ދެއްވުމުން ހިތްތަކަށް ތަސައްލީއެއް ލިބިފައިވާ ކަމަށާ މިކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަށްވެފައި މެޑިސިން ކިޔަވަމުންދާ 200އެއްހާ ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިިފިލާގައި ތިބެވޭނެ ކަމަށް ކުރެވޭ އުންމީދު އާވެފައިވާ ކަަމަށެވެ."އެހެން ކަމުން މި މައްސަލާގައި ދާއިމީ ހައްލަކާ ހަމައަށް ދިއުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެތީ މިހާރު ދަރިވަތުން ކިޔަވަމުން އަންނަ އިމާރާތުގައި ދަރިވަރުންގެ ކިޔެވުން ކުރިއެކޭ ވެސް އެއްފަދައިން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ހުރިހާ ދަރިވަަރުންގެ ވެސް އެދުމެކެވެ،"އެ ޔޫނިއަން އިން ވަނީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި މި ބައްދަލްވުން އިންތިޒާމުކޮށް ދިނުން އުފަލާއެކު ބަލައިގަންނަ ކަން ފާހަގަ ކޮށްފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ