ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލައިފި

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލާފައިވާކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށްފަހު، އެމީހުންގެ ބަދަލުގައި ޓެކްނިކަލް މަދަނީ މީހުން ގެނެސްފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައާއި ރާއްޖޭގެ ރައިސްކަމިުގެ ހުވައި ކުރެއްވުމަށްފަހު ވެސް ޑރ. މުއިއްޒު ވަނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންނަށް ގާއިމުވެ ނުތިބެވޭނެ ކަމަށާއި ރާއްޖޭގައި ގާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ