ނަތަންޔާހޫ ހައްޔަރުކުރަން ޖިނާއީ ކޯޓުން ދާދި ދެންމެ އަމުރު ނެރެފި

ނަތަންޔާހޫ ހައްޔަރުކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ދާދި ދެންމެ އަމުރު ނެރެފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އައިސީސީގެ ޕްރޮސެކިއުޓަރު ހުށަހެޅި މައްސަލައިގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރުމުން ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއިން އެކަމަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފައެވެ.
މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެއްވެސް ގައުމަކީ ބައިނަލްއަގްވާމީ ގާނޫނަށް ވުރެ މަތީ ގައުމެއް ނޫން ކަމަށާއި، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އިޒްރޭލުން ގާޒާގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަން ސާބިތު ކުރެވޭ ވަރަށް ޕްރޮސެކިއުޓާ އޮފީހުން ހެކި ހޯދާފައި ވާކަމުގެ ޔަގީންކަން ރާއްޖެއަށް އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ މަގެއް ބަލާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ