ފުރަތަމަ 10 ގައި ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެ

ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށްް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މި މަހު 11 އިން ފެށިގެންނެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން މިރޭ ނެރުނު ރޯދަމަހުގެ ފުރަތަމަ 10 ދުވަހުގެ ތަފާސްހިސާބުގައިވާ ގޮތުން ފިތުރު ޒަކާތުގެ ގޮތުގައި އެ މުއްދަތުގައި ވަނީ ޖުމްލަ 1،599،113 ރުފިޔާ ލިބިފައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިއަންނަ އެޕްރީލްމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފައެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި ފަހު 10 ގެ ދުވަސްތަކުގައި ޒަކާތް ބަލައިގަންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ