ކޮންމެ ސަރުކާރެއް އޮތަސް ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އަޅުގަނޑު ހުންނާނީ ސަރުކާރާއެކު - އަބުޅޯ

ރައްޔިތުންގެ އެއްވެސް ކަމެއްގައި ފަރުވާ ކުޑަ ނުކުރާނެ ކަމަށާއި، ކޮންމެ ސަރުކާރެއް އޮތަސް ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އަބަދުވެސް ހުންނާނީ އެ ސަރުކާރަކާއެކު ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ޢަބްދުﷲ އަޙުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
އަބުޅޯ މިހެން ވިދާޅުވީ ތިނަދޫގައި ބޭއްވި "ރޫޙު ދިރުވަން" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޫޙު ދިރުވަން - އަބުޅޯގެ ކެމްޕެއިން ޖަލްސާގެ ތެރެއިން
ތިނަދޫގެ ނެތެމުންދާ ރޫހު ދިރުވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޢަބްދުﷲ އަހުމަދު (އަބުޅޯ) ކަމަށް ބުނެ، ގިނަ އަދަދެއްގެ ޒުވާނުންނާއި އިސްރަށްވެހިން އަންނަނީ އަބުޅޯއަށް ތާޢީދު ކުރަމުންނެވެ.
ތިނަދޫއަކީ ކުޅިވަރުގެ ރޮނގުން އެތައް ކާމިޔާބީ ތަކެއް ހޯދާފައިވާ ފަޚުރުވެރި ސިޓީއަކަށްވާއިރު، އަލުން އަނބުރާ އެ ރޫޙު ރަށުގައި އާލާކުރުމަށް ރައްޔިތުން އެދެއެވެ.
އަބުޅޯ އަކީ ރައްޔިތުންގެ މަޖިލީހުގައި އުޅުއްވި ދުވަސްވަރުވެސް ސިޔާސީ ގޮތުން ވަރަށް ނުފޫޒުގަދަ، އަދި މުޙިއްމު ޤައުމީ ނިންމުންތަކުގައި ބަހުސްކޮށް ވަކާލާތު ކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.
ރޫޙު ދިރުވަން - އަބުޅޯގެ ކެމްޕެއިން ޖަލްސާގެ ތެރެއިން
އެގޮތުން ދިވެހިރާއްޖެއަށް 2018 ވަނަ އަހަރު އައި ބޮޑު ބަދަލު ގެނައުމުގައިވެސް އިސް ރޯލެއް އަބުޅޯ އަދާކުރެއްވިއެވެ. އެގޮތުން އޭރު ރައްޔިތުންގެ މަޖިލީހުގައި އޮތް ޕީޕީއެމްގެސުޕަރ މެޖޯރިޓީގެއްލުވާލި 12 މެމްބަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގެން އޭރުގެ އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަތެވެ.
ހަމައެއާއެކު، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މަގުމަތީގެ ހަރަކާތްތަކުގަ މަގު މައްޗަށް ނިކުމެވަޑައިގެން ހިންގެވި ހަރަކާތްތަކުގައި އެތައް ފަހަރަކު ހައްޔަރަށް ގެންދެވުނެވެ. އަދި ހަމަ މި ދެންނެވި ދުވަސްވަރުގައި، ހައްޔަރުކޮށް ނުހައްޤު ޙުކުމެއް ކޮށްފާނެ ކަމުގެ ބިރު ހީވެ، އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް އަރުވާލެވި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ.
ރޫޙު ދިރުވަން - އަބުޅޯގެ ކެމްޕެއިން ޖަލްސާގެ ތެރެއިން
އަދި ޕާޓީ ތެރޭގަ ހިންގާ އެހެނިހެން ސިޔާސީ ހަރަކާތްތަކުގަ ލީޑަރޝިޕް ނަންގަވައިގެން ގިނަ ޚިދުމަތްތަކެއް ވަނީ ކުރައްވާފައެވެ. އަދި އަބުޅޯ އަކީ ޕާޓީގެ ލީޑަރ ޤާޟިމް އިބްރާހިމާ ވަރަށް އަރިސް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ