ރައީސްގެ ނިންމެވުން: މަޖިލީސް ރައީސްކަން އަބްދުއްރަހީމަށް، ނާއިބަކީ ނާޒިމް

މި މަހުގެ 28 ވަނަ ދުވަހު ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނާއިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ގެންނަން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ދެންމެ ނިންމައިފި އެވެ.

ކޮންގްރެސްގެ މި ނިންމުން އައީ އެ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ / ކޮންގްރެސްގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބާއްވަމުން ގެންދަވާ ބައްދަލްކުރެއްވުމު ގަ އެވެ. ރިޔާސީ ގަނޑުވަރު މުލިއާ ގޭގައި ކުރިއަށްދާ މި ބައްދަލްވުމުގައި އެ ގޮތަށް ނިންމެވީ ސީދާ ރައީސް މުއިއްޒު އެވެ.މިިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ކޮންގްރެސް އިން ވަނީ ސުޕަ މަޖެރޮޓީ ހޯދާފަ އެވެ. އެ ޕާޓީގެ ޕީޖީ މެންބަރުންގެ އަދަދު 73 އަށް އަރަ އެވެ.މީގެ އިތުރުން ޕީޖީ ގުރޫޕްގެ ލީޑަރުގެ މަގާމަށާއި ނާއިބުންގެ މަގާމަށް ވެސް ރައީސް ވަނީ ބޭފުޅުން އިހްތިޔާރު ކުރައްވާފަ އެވެ. (ތަފްސީލް އަންނަނީ)
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ