ހަނިމާދޫ ޑަބްލިއުޑީސީން ޕްރީސްކޫލް ޕްލޭ އޭރިއާގައި އެޅުމަށް ޓާފް ހަދިޔާކޮށްފި

ހދ.ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށު ސައާދާ ޕްރީސްކޫލް ޕްލޭ އޭރިއާގައި އެޅުމަށް ޓާފް ހަދިޔާކޮށްފިއެވެ.
މި ޓާފަކީ އެ ސްކޫލުގެ ޕްލޭ އޭރިއާގައި އަލަށް ބަހައްޓާ ސްލައިޑް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އެޅުމަށް އެ ކޮމެޓީން ހަދިޔާކޮށްފައިވާ ޓާފެކެވެ.
އެ ކޮމެޓީން ކޮންމެ އަހަރަކު ވެސް އަންނަނީ ޕްރީ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނިމިދިޔަ އަހަރު ފައިސާގެ އެހީ ވެސް އެ ކޮމެޓީން ވަނީ ޕްރީސްކޫލަށް ފޯރުކޮށްދީފައެވެ.
މީގެއިތުރުން ޕްރީސްކޫލުން ހިންގާ ބައެއް ކަންކަމުގައި ހަނިމަދޫ ކައުންސިލުން ވެސް އަންނަނީ އެ ސްކޫލަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހަނިމާދޫގައި ޕްރީސްކޫލްގެ ހިދުމަތް ފާއިތުވި 22 އަހަރު ދުވަހު ވެސް ފޯރުކޮށްދެމުން އައިސްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިންނެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ ޕްރީސްކޫލް ހިންގުމުގެ އިތުރުން ރަށުގެ އިޖުތިމާއީ ތަރައްގީއަށް އެކި ރޮނގުތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ، އިޖުތިމާއީ ދާއިރާއިން ޚިދުމަތްކުރުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ އިނާމް ހާސިލްކޮށްފައިވާ ޖަމިއްޔާއެކެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ