ރައްޔިތުން ގަރުދިޔަ އާއި ބަތާ ކާން ޖެހޭ ހިސާބަށް ފޮނުވާލީ ނިމިދިޔަ ސަރުކާރުން: ގާސިމް

މިއަދު ދިވެހި ރައްޔިތުން އިނދަޖައްސާލާ، މާދަމާ ނިކަމެތި ހާލުގަ ގަރުދިޔަ އާއި ބަތާ ކާން ޖެހޭ ހިސާބަށް ފޮނުވާލީ މިދިޔަ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު މުގައްރިރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަށްވަމުން ހަނިމާދޫ ދާއިރާގެ މެންބަރ އަބްދުލްގަފޫރު މޫސާ ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިކަން ބަދަލުވިއިރު، ގައުމުގެ އިގްތިސާދު ހުރީ ރަގަނޅަށް ކަމަށް ވިދާޅުވެފައެވެ. ކުރީ ސަރުކާރުން ފައިސާ ޗާޕު ކުރިމަނަވެސް އެކަމުގައި ހަމައެކަނި ގަވަރުނަރު ކުށްވެރި ނުކުރެވޭނެ ކަމަށް ވިދާޅުވުމާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވާ ގާސިމް ވިދާޅުވީ ހަނިމާދޫ ދާއިރާގެ މެންބަރ ދައްކަވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ގާސިމް ވިދާޅުވީ މާދަމާ އަޅުގަނޑުމެން ކޮންމެ ފަދަ ހިތި ބޭހެއް ބޯންޖެހުނަސް، ގައުމު ދަރަނިން ސަލާމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފިޔަވަޅު އަޅުއްވަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ