މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ.
އެމަނިކުފާނު މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރައްވާފައިވަނީ މިއަދު މީސް މީޑިއާ މެދުވެރި ކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ކުރެއްވި މި ޕޯސްޓުގައި އެމަނިކުފާނު ވަނީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ.
މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނީ 59 ވަނަ މިނިވަންދުވަހެވެ.
ޖުލައި 26 އަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުދިބޮޑު އެންމެން ޝާމިލްވާ ގޮތުގައި އެންމެ ކުލަގަދަ ކޮށް ފާހަގަކުރަމުން އަންނަ އެއް ދުވަހެވެ.
މިނިވަންދުވަހު އަޅުގަނޑުމެން ފާހަގަކުރަނީ މިނިވަންކަމުގެ އުފަލެވެ. އަދި ޤައުމާއި ދީނުގެޙައްޤުގައި، މިޤައުމު މިނިވަންކަންމަތީ މިޖީލާ ހަމައަށް ވާރުތަކޮށްދެއްވި އަގުހުރި ކާބަފައިންގެ މިންނެތް ޤުރުބާނީގެ މަތިން ހަނދާންއާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ