އިހުސުންނަތަކީ ރަވާތިބް ސުންނަތަށް ނުވާ ނަމާދުތަކުގައި އިހުސުންނަތް ނުކޮށް ފޯނާކުޅެނީ ސުންނަތަކަށްވާތީތޯ؟

ބައެއް މީހުން ޢަޞްރު، މަޣްރިބް އަދި ޢިޝާ ނަމާދުގެ އިހު ސުންނަތެއް ނުކުރެއެވެ. ބުނަނީ އެއީ ރަވާތިބް ސުންނަތެއް ނޫންކަމަށެވެ. ކޮންމެއަކަސް އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. ނަމަވެސް މިއުޅެނީ ސުވާލެއް ކުރަންވެގެންނެވެ.  
އެއްރޭ އަޅުގަނޑާއި ޖެހިގެން ސަފުގައި އިން މީހެކެވެ. އޭނާ މަޣްރިބް ނަމާދުގެ އިހުސުންނަތެއް ނުކުރެއެވެ. އިށީނދެގެން އިނީއެވެ. އިނދެގެން ކުރިކަމަކީ ފޯނުން ފޭސްބުކް ބެލުމެވެ. މެސެޖުތަކަށް ޖަވާބުދީ ކޮމެންޓްކުރުމެވެ. (މީނާ ނޫނަސް މިގޮތަށް ކަންތައްތައް ކުރާ މީހުންނާއި ބައްދަލުވެއެވެ.)  
އަޅުގަނޑުގެ ސުވާލަކީ ފޯނުން އެބާވަތުގެ ކަންކަން ކުރުމަކީ ސުންނަތަކީތޯއެވެ؟ އެވަޤުތު ކުރާނެ އެހެންކަމެއް ސުންނަތުން ފެންނަން ނެތީތޯއެވެ؟ އަޅުގަނޑަށް އެނގިފައިވާ ގޮތުން ހަމަ ޤައިމުވެސް ބަންގިއާއި ޤަމަތާއި ދެމެދުގައިވާ ވަޤުތަކީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތެވެ. ސުންނަތަށް ޢަމަލުކުރަން ޛިކުރްކޮށް ދުޢާނުކުރީ ކީއްވެގެންތޯއެވެ؟  
މިއަދުނޫސް މެދުވެރިކޮށް މިމައްސަލަ ފާހަގަކުރަން ބޭނުންވީ މިފަދަ ޢަމަލުތައް ކުރާ މީހުންނަށް ވިސްނައިދެވޭތޯއެވެ؟ އަޅުގަނޑަކީ މާބޮޑު ޢިލްމްވެރިއެއް ނޫނެވެ. ޝައިޚެއްވެސް ނޫނެވެ. ނަމަވެސް އަޅުގަނޑު މިބުނީ ޝައިޚުން ދަރުސްތަކުގައި ވިދާޅުވާ ވާހަކައެކެވެ.
 
- މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ