މުއިއްޒުގެ ފުށުން ފެންނަނީ ޑައުންސިންޑްރޮމާއި އޯޓިޒަމް ސިފަ

ގައުމުގެ އެންމެމަތީ މަސްލަހަތު ހިމާޔަތް ކުރަން ހަވާލުވެ ހުންނަ މީހާ މޮޔައިން އުޅޭހެން އުޅެންޏާ އެވާހަކަ ދައްކާނެއެވެ. ހޭނެއެވެ. ހަޖޫވެސް ޖަހާނެއެވެ. މަލާމާތްކޮށް ހަޖޫ އެޖަހަނީ އޯޓިޒަމަކަށް ނޫނެވެ. ޑައުން ސިންޑްރޯމަކަށްވެސް ނޫނެވެ. 
މީހުން ޖޯކްޖަހާ ފާޑުކިޔާ ހަޖޫ ޖަހަނީ ސަލާމަތް ބުއްދިހުރިކަމަށް އިގުރާރުވެގެން ހުރި ބޮޑުފިރިހެނަކު ބުއްދިގޯސް މީހުން އުޅޭހެން އުޅޭތީއެވެ. އޯޓިޒަމް ކުއްޖަކަށްވުރެ ގައުމުގެ ރައީސް އޯޓިސްޓިކް ވެގެން އުޅޭތީއެވެ. ޑައުންސިންޑްރޯމް ކުއްޖަކަށްވުރެ ރައީސް މުއިއްޒުގެ ކަންތައް ބޮޑުވީމައެވެ. 
ނަފްސާނީ މާހިރުން އެއްބަސްވާގޮތުގައި އާއިލާ ރޫޅި މަންމައާއި ބައްޕަގެ އަޅާލުން އެކުއެކީގައި ނުލިބި ބޮޑެތިވާ ގިނަ ކުދިންގައި ސިނގު ރުންކުރު ގޮތެއް ހުރެއެވެ. އިއްތިފާގަކުން ނަމަވެސް ރައީސް މުއިއްޒުގެ ދެމަފިރިންނަކީ އާއިލާ ރޫޅުމުގެ ހަގީގަތާ ކުރިމަތިލާން ޖެހުނު ބައެކެވެ.
ރައީސްގެ ދެމަރިންނަށް ކުޑައިރު އާއިލާ ރޫޅުމުގެ ހިތްދަތިކަމާ ކުރިމަތިލާން ޖެހުނީ ދިވެހި ރައްޔިތުންގެ މައްސަލައަކުން ނޫނެވެ. އެކަމުގެ އުގޫބާތް މުއިއްޒަށް ވެރިކަން ލިބުނެއް ކަމަކު ރައްޔިތުންނަށް ދޭކަށް ނުޖެހޭނެއެވެ. 
ރައްޔިތުންނާ މެދު މުއިއްޒު އަމަލު ކުރަމުން ދާގޮތުން ބަދަލެއް ހިފަން ދިމާކޮށްގެން އުޅެނިއޭ ހީނުވާ ވަރެއް ނޫނެވެ. ރަގަޅު ނިޔަތެއްގައި ކުރާ ވެރިކަމެއް ނަމަ ވެރިއެއްގެ ފަރާތުން ފެނިގެން ނުވާނެ އެތައްހާސް ކަމެއް ވެރިކަމުގައި ހޭދަވި މަދު ދުވަސްކޮޅުގެ ތެރޭގައި ފެނިގެން ހިގައްޖެއެވެ. މެދު ނުކެނޑި ދަނީ ފެންނަމުންނެވެ.
މުއިއްޒަކީ ބުއްދި ސަލާމަތުންހުރެ ހެޔޮ ވެރިކަމެއްކުރާ މީހެއް ނަމަ މުއިއްޒުގެ ވެރިކަމުން ފެންނަމުންދާ ބަދަލު ހިފުމާއި ދޮގާއި މަކަރާއި އޮޅުވާލުމާއި ހިޔާނަތްތެރި ކަމެއް ނުފެންނާނެއެވެ. މަވެތިކަމާއި ރުންކުރުކަމާއި އުނބަށްޖެހުން ތަކުރާރެއް ނުވާނެއެވެ. މުއިއްޒުގެ އަމަލުން ފެންނަނީ ރުންކުރުކަމާއި ސިނގުކަމާއި ޑައުންސިންޑްރޯމް އާއި އޯޓިޒަމްގެ ސިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ