ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅަން މިނިސްޓްރީން ހުށަހަޅައިފި
ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބްރޮޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ނުުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމަށެވެ. އަދި, ޤާނޫނުގެ ދަށުން ނުކުޅެދެންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އިޙުތިރާމްކުރުމާއި އަމިއްލަވަންތަކަމާއި މިނިވަންކަމާ އެކު ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ އެ މީހުންނަށް ލިބިގެންވާ ޙައްްޤެއް ކަމަށް ބަޔާނުގައި ބުންޏެވެ. މިނިސްޓްރީން ބުނީ, ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި އެ ކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ މަނާކަމެއް ކަަމަށާއި އަދި މި ފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭނޭފަދަ އެންމެހާ ކަންތައްތަކަކީ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއ،ި ޤާނޫނުއަސާސީން އަދި ޤާނޫނުތަކުން މަނާ ކުރެވިފައިވާ ކަންކަން ކަަމަށެވެ. އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ އެންމެހާ ކަންތައްތަކަކީ ކަނޑައެޅިގެން މަނާކަމަކަށްވީއިރު، ރާއްޖެ ޓީވީން މިދިޔަ ހޯމަ ދުވަހު ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިސްބަތްކޮށް، މީގެތެރެއިން ޚާއްޞަކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވަޔަކުން އެ ކުދިންނަށް ނިސްބަތްކޮށް ވާހަކަދައްކާ ޢަމަލުކޮށްފައިވާތ،ީ އެ ކަމަކީ އެ މިނިސްޓްރީން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ. https://sun.mv/204077 މިނިސްޓްރީން ބުނީ އެ ކަމަކީ މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކާތެރިކަން ބޭނުންވާ މީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއ،ި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކަށް ހީނަރުކަން ލިބިގެންދާނެކަމެއްކަމަށެވެ. އެފަދަ ކަންކަން ތަކުރާރުވެގެން ދިޔުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތައް ދެއްކުން ނޯމަލައިޒްވެގެން ދިއުމުގެ ފުރުސަތު ވެސް އޮތްކަމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، އެ ކަމާ ގުޅިގެން ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ދިވެހި މުޖްތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަމާއި އަޅާލުމާއި ލޯބި ލިބެން ޖެހޭ އެންމެހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ޙައްޤުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމަޢުގެ ހުރިހާކަމެއް ރޭވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ޒަމާނުއްސުރެ މީޑިޔާގައި މިފަދަ ފަރާތްތަކަށް ދެމުން އައި އޯގާތެރިކަމާއި ލޯތްބަށް އުނިކަމެއް ލިބިދާނެ އެންމެހާ ކަންތައްތައް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން އެ ޓީވީން ވެްސ ވަނީ މާފަށް އެދި ބަޔާނެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ