ރާއްޖޭގެ
އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ
ބުދަ ދުވަހުގެ ފަހުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އިއްޔެ ވެސް
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވެއެވެ.
އެގޮތުން މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ
ގިނައިން ވާރޭ ވެހިފައިވަނީ ވ. ރަކީދުއަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އެރަށަށް
88.6 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުމާ ބެހޭ
ގައުމީ އިދާރާއިން މައުލޫމާތު ދެއްވަމުން ބުނީ, ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ
ރާއްޖޭގެ އުތުރާއި ދެކުނުން އަންނަ ތެތް ވައި ރާއްޖެ ސަރަހައްދުގެ މަތީގައި ޖަމާވެ،
އުފެދެމުންދާ ވިލާތަކުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. މޫސުން އަލިވާނެ
ކަމަށް ލަފާކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެ ފަހުން ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
Advertisement
މިއަދުގެ
މޫސުން ކުރިއަށް ލަފާކޮށް އެ އިދާރާއިން ބުނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް
ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ
ކަމަށެވެ.
މެޓް އޮފީހުން
ބުނީ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް މެދު ރާއްޖެތެރެ
އާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެހެންކަމުން
ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން އަލިވާނީ ބުދަ ދުވަހުގެ ފަހުން: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ