މި ސަރުކާރަށް ކަންކަން ރަނގަޅު ކުރަން ކެރޭނެ ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ ރައްޔިތުންގެ އަޑު އައްސަވާ ވެރިއެއް ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ހއ.މުރައިދޫ އިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ނެގި ވޯޓުގައި ރައީސް މުއިއްޒުގެ ނަންފުޅެއް ނެތް ކަމަށެވެ.
އަދި ރައީސް މުއިއްޒު ރާއްޖޭގެ ރަށްތަކަށް ދަތުރުފުޅު ކުރައްވަމުން ގެންދެވި ކަމުގައި ވިޔަސް، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބާ ދިމާކޮށް، ވޯޓު ހޯދުމަށް އެމަނިކުފާނު އެއްވެސް ރަށަކަށް ދަތުރުފުޅު ނުކުރައްވާކަން ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
”އެމަނިކުފާނަކީ ރައްޔިތުންގެ ގާތުން ކަންކަން އައްސަވައިގެން، ކަންކަން ރަނގަޅު ކުރައްވާ ބަދަލު ކުރައްވާ ވެރިއެއްކަން އަޅުގަނޑުމެންނަށް އެނގެނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ވެސް ދިވެހިރާއްޖޭގެ، ހުރިހާ މީހުން ދިރިއުޅޭ ރަށަކަށް އިންތިހާބަކާ ދިމާކޮށެއް ނޫނޭ، އެހެންނަމަވެސް ފުރަތަމަ ދެ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ފަސްގަނޑަކަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު ވަޑައިގެންނެވިއޭ.“ ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ފަރާތުން ފެނިގެން ދިޔަ މަންޒަރެއް ނޫން ކަމަށެވެ.
ޝިޔާމްގެ ވާހަކައިގައި ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓު، ކައުންސިލް އިންތިހާބާ އެއްދުވަހެއްގައި ބޭއްވީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު އުފައްދާ ކަމަށް ވިދާޅުވެ، އޭގެ ޖަވާބު ދެއްވިއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒު ބޭނުންފުޅުވެލައްވަނީ، އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވައި ހަރަދުތައް ކުޑަ ކުރުމަށް ކަމަށާއި، ރިފަރެންޑަމް ވޯޓު ވެސް، އެއް ދުވަހެއްގައި ބޭއްވީ އެ ރޫހުގައި ކަމަށެވެ.
”ކަންކަން ރަނގަޅު ކުރަން ކެރޭ، ރައީސް މުއިއްޒުއަކީ ރައްޔިތުންގެ އަޑު އައްސަވާ ވެރިއެއް“
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ