ލުބުނާންއާއި ޔަހޫދީން ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
މި އެއްބަސްވުން ރަސްމީކޮށް ތަންފީޒުކުރަން ފެށުމުގެ އެންމެ ފަހު ގަޑިއިރުތަކުގެ ތެރޭގައި ވެސް، ޔަހޫދީންގެ ބިރުވެރި ދައުލަތުން ވަނީ ލުބުނާންގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ގިނަ ޙަމަލާތަކެއް ދީފައެވެ. އަދި ހަމައެއާއެކު، ލުބުނާނުގެ އެތެރޭގައާއި ބޯޑަރު ސަރަޙައްދުގައި ހަރަކާތްތެރިވާ ޔަހޫދީންގެ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް ހިޒްބުﷲ އިން ވެސް ވަނީ ހާމަކޮށްފައެވެ.
ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތައް ދިހަ ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަމަށް ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.
ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެ މަނިކުފާނާއި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ލުބުނާނުގެ ރައީސް ޖޫޒީފް ޢޫންއާ ދެމެދު ރަނގަޅު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިތުރު މަޝްވަރާތައް ކުރުަމަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޔަހޫދީ އަދި ލުބުނާނުގެ އިސްވެރިންނަށް ދަޢުވަތު އަރުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދެ ބައި މީހުންގެ މެެދުގައި ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމް ކުރުމަށް މަސައްކަތް ކުރުމަށް އެމެރިކާގެ އިސްވެރިންނަށް އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ލުބުނާނަށް ޙަމަލާ ދިނުން މެދުކަނޑާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ