ތަކުރާރުކޮށް ފާފަކުރެވުނަސް މިގޮތަށް ކަންތައްކޮށް މިފަދައިން ދުޢާކުރާ މީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ކޮންމެ އިންސާނަކަށްވެސް ފާފަތައް ކުރެވޭނެ ކަމަށާއި ފާފަ ކުރެވުމަށްވުރެ ނުބައިކަންބޮޑީ ތައުބާނުވެވުމުންކަމަށް އަބަދުވެސް މިގެންދަނީ ބުނަމުންނެވެ. އެއީ އަހުރެންގެ ދުލުން ބުނިނަމަވެސް އަހުރެންގެ އަމިއްލަ ބަހެއް ނޫނެވެ. ކީރިތި ޤުރްއާނާއި ރަސޫލާ ﷺ ގެ ސުންނަތުން އެކަންކަން އެނގެން އޮތްގޮތެވެ.  
ފާފައެއް ކުރެވޭއިރަށް ފުރަތަމަ ކަމަކަށްވެސް އަސްތަޣްފިރުﷲ ކިޔައި ތައުބާވާށެވެ! ކުރެވުނު ފާފަ އާއިމެދު ދެރަވެ ހިތާމަކުރާޙާލު ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަފުއްސަވައިދެއްވެވުމަށް އަވަހަށް އެދި ދަންނަވާށެވެ. އެންމެ މޮޅު އިތުރުވެގެންވަނީ ވުޟޫކޮށްލައި ދެރަކްޢަތް ނަމާދެއް ކޮށްލައި އެނަމާދުގެ ސަޖިދައިގައާއި ނަމާދަށްފަހު ދެއަތް އުފުލައި ދުޢާކުރުމެވެ.  
ހަމައެކަނި ދުޢާއެއްވެސް ނޫނެވެ. މިފަދައިން މުޢާމަލާތުކޮށްލާށެވެ! އިން ޝާ ﷲ އެމީހެއްގެ ފާފަ ފުއްސަވައިދެއްވަވާނެތެވެ. އޮތީ ހަމަ އެންމެ ޝަރުތެކެވެ. އެއީ ހިތުގައި އިޚްލާޞްތެރިކަން ބޭއްވުމެވެ. އިޚްލާޞްތެރިހިތަކާއިގެން ކުރިމަތިލައި ދެންނެވުމެވެ.  
"ޔާ ﷲ! މިއަޅާއަށް ކުރެވޭ އެންމެހައި ކަންކަމާ، ކުރެވިފައިވާ ކަންކަމާއި ކުރެވޭނެ ކަންކަންވެސް އިނބަ ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ޔާ ﷲ! މިއަޅާއަށް އަނެއްކާވެސް ފާފައެއް ކުރެވިއްޖެއެވެ. ޔާ ﷲ އެއްވެސް ޙާލެއްގައި އެއީ މިއަޅާ އިނބަ ﷲ އަށް އުރެދެންވެގެނެއް ނޫންކަމާއި މިއަޅާއަކީވެސް އިންސާނަކަށްވީތީ ކުރެވުނު ފާފައެއްކަން އިނބަ ﷲ މޮޅަށް ދެނެވޮޑިގެންވަމުއެވެ. ޔާ ﷲ މިއަޅަށް ކުރެވުނު ފާފަ ފުއްސަވައިދެއްވަވާނދޭވެ! އިނބަ ﷲ ގެ ރަޙްމަތްފުޅުން މިއަޅާ މަޙްރޫމްނުކުރައްވަވާނދޭވެ!" އާމީން
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ