އާމިރުގެ ކެރިއަރުގެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު 'ޑަންގަލް' ޕާކިސްތާނުގައި ރިލީޒް ނުކުރީ މިހެންވެ

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޑަންގަލް" ޕާކިސްތާނުގައި ރިލީޒްނުކުރާން ނިންމި ހަގީގީ ސަބަބު އެ ފިލްމުގެ ލީޑް އެކްޓަރު އާމިރު ޚާން ކިޔައިދީފިއެވެ. އާމިރު ބުނިގޮތުގައި ފިލްމު "ޑަންގަލް" ޕާކިސްތާނުގައި ރިލީޒްނުކުރުމަށް ނިންމީ އެ ފިލްމުގައި ހިމަނާފައިވާ އިންޑިއާގެ ޤައުމީ ދިދަ އަދި ޤައުމީ ސަލާމް ކަނޑާލުމަށް ޕާކިސްތާނުގެ ސެންސަރު ބޯޑުން އެންގުމާ ގުޅިގެންނެވެ. މި މަހުގެ 20ގައި ރިލީޒްކުރާ އާމިރުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޕްރޮމޯޝަނަލް އިންޓަވިއުއެއްގައި އާމިރު ކިޔައިދިން ގޮތުގައި މިއަދާ ހަމައަށް ވެސް "ޑަންގަލް" ޕާކިސްތާނުގެ އެއްވެސް ޕްލެޓްފޯމެއްގައި ރިލީޒްކޮށްފައި ނުވާނެ ކަމަށެވެ. ފިލްމު ޕާކިސްތާނުގައި ރިލީޒް ނުކޮށްފި ނަމަ ފިލްމަށް ލިބޭ އާމްދަނީ ދަށްވެ ފިލްމަށް ކުރެވުނު ޚަރަދު ފޫނުބެއްދޭނެ ކަމުގެ އިންޒާރު ވެސް އޭރު ލިބުނު ކަމަށާއި ނަމަވެސް އޭރު ވެސް އާމިރު ހުރީ އަމިއްލަ ޤައުމުގެ ދިފާއުގައި ތެދުވެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ފިލްމު "ޑަންގަލް"ގެ މަންޒަރެއްގައި އެކްޓަރު އާމިރު ޚާން، ފާތިމާ ސަނާ ޝައިހް، ޒާރާ ވަސީމް އަދި ސާންޔާ މަލްހޯތްރާ--ފޮޓޯ/ފިލްމުފެއަ "ޑަންގަލް" ޕާކިސްތާނުގައި ރިލީޒް ނުކުރި ނަމަވެސް ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލުމަށްފަހު ފިލްމަށް ލިބުނު އާމްދަނީގެ އަދަދު (263.5 މިލިއަން އެމެރިކާ ޑޮލަރަ)ށް އަރާފައިވާ ކަމަށާއި ފިލްމު ޕާކިސްތާނުގައި ރިލީޒް ނުކުރަން ނިންމުމަކީ އާމިރުގެ އަމިއްލަ ނިންމުމެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އާމިރުގެ 1999ވަނަ އަހަރުގެ ފިލްމު "ސަރުފަރޯޝް" ރިލީޒްކުރިއިރު އެ ފިލްމުގައި ވެސް ޕާކިސްތާން އަދި އައިއެސްއައިއެސްގެ ވާހަކަ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައިވާތީ ސެންސަރު ބޯޑުން ޤައުމުތަކުގެ ނަމުގެ ބަދަލުގައި 'އަވަށްޓެރި ޤައުމު' މިގޮތަށް ބޭނުން ކުރުމަށް އިރުޝާދު ދީފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ނަމަވެސް އޭރު ވެސް އާމިރު ވަނީ އެ ނިންމުމާ ދެކޮޅު ހަދާފައި ކަމަށާއި ފިލްމު "ސަރްފަރޯޝް" އަކީ ސީދާ ޕާކިސްތާނުގެ ނަން ފިލްމެއްގައި ގެނެސްދިން ފުރަތަމަ ފިލްމުތަކުގެތެރޭ ހިމެނޭ ފިލްމެއް ކަމަށް އާމިރު ވަނީ ބުނެފައެވެ. އާމިރަކީ ފިލްމަށްވާ ފައިދާ އާއި ގެއްލުމުގެ ބަދަލުގައި އަބަދުވެސް ހަގީގަތާ އެއްކޮޅަށް ތެދުވާ މީހެއް ކަމަށާއި އޭނާގެ ފިލްމީ ކެރިއަރުގައި ނިންމާފައިވާ ބޮޑެތި ނިންމުންތައް ބިނާވެފައި ވަނީ ވެސް އިންސާފުން ކަންކަން ކުރުމަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އާމިރު ޚާން ޕްރޮޑިއުސްކޮށް ލީޑް ރޯލް ވެސް ކުޅުނު ފިލްމަކީ ނިތޭޝް ތިވާރީ ޑައިރެކްޓްކޮށް އާމިރުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން ގެނެސްދިން ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ