އެމްޑީޕީގެ އެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ވާހަކަދެއްކި ކަމަށް ބުނާ މައްސަލައިގައި އާންމުކޮށް މައާފަށް އެދުމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ މައްޗަށް އަމުރު ކޮށްދޭން ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.
ފައްޔާޒް އާންމުކޮށް މައާފަށް އެދެން ސާޖިދާ އެދިވަޑައިގަތީ ފައްޔާޒް އާއި މަންދީގެ އިތުރުން އެމްޑީޕީގެ މައްޗަށް ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި އޭނާ އުފުލި ދައުވާގަ އެވެ. ބަދަލެއް ހޯދުމަށް އެ ދައުވާގައި އެދިފައެއް ނުވެ އެވެ.
އެ މައްސަލައިގައި ސާޖިދާގެ ފަރާތުން ތިން ފަރުވާއެއް ހޯދަން އެދިފައިވެ އެވެ. އެއީ:
ސާޖިދާގެ ފަރާތުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ރެހެންދި ޗެމްބާސް އިންނެވެ. އެ ލޯ ފާމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ އުމައިރުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައިވާތީ ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެ އެވެ. ފެމެލީ ކޯޓުގައި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ އެވެ.
މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސާޖިދާ ދައުވާ ކޮށްފައި މިވަނީ އެ ކަމަނާގެ ދަރިކަލުންނަށް ނިސްބަތްކޮށް އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މީގެ ކުރިން ސާޖިދާ ނެރުއްވި ނޫސްބަޔާނެއްގައި ބުނީ އުމެއިރު އަކީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު އެއްވެސް އިރެއްގައި ކުރި ކުއްޖެއް ނޫން ކަމަށެވެ.
ބަދަލަކަށް ނޭދި ސާޖިދާގެ ދައުވާގައި އެދިފައި އޮތީ މަންދީ އާއި މާޒް ސަލީމްގެ ވާހަކައަށް ފައްޔާޒް މައާފަށް އެދެން ބަދަލަކަށް ނޭދި ސާޖިދާގެ ދައުވާގައި އެދިފައި އޮތީ މަންދީ އާއި މާޒް ސަލީމްގެ ވާހަކައަށް ފައްޔާޒް މައާފަށް އެދެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ