ފަލަސްޠީނުގެ ރައްޔިތުން ސަޢޫދީގައި ވަޒަންވެރިކުރުވާ ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ދައުލަތެއް ސައޫދީ އަރަބިއްޔާގެ ސަރަހައްދުގައި ގާއިމުކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ދައްކާފައިވާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އެ މިނިސްޓްރީން ވަނީ ދިވެހި ސަރުކާރުން އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގެނެ 1967 ގެ ބޯޑަރުތަކަށް ތަބާވުމަށް ދިވެހި ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކޮށްފައެވެ. އަދި ޔަހޫދީވެރިންގެ މިފަދަ ނަފްރަތުގެ ބަޔާންތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ތެދުވުމަށް ވެސް ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ