ޖިހާދާއި ޓެރަރިޒަމާ ހުރި ތަފާތު އެނގެން ޖެހޭނެ: ޝަހީމް
ޖިހާދާއި ޓެރެރިޒަމާ ހުރި ތަފާތު އެނގެން ޖެހޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ، އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމްއިން ގުޅިގެން އިމާމުންނާއި އިލްމުވެރިންނަށް ބާއްވާ ގާބިލުކަން އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު ވަނީ އިސްލާމީ ތާރީޚުގައި އިލްމުވެރިންނާއި އިމާމުންނަކީ މުޖުތަމައުގެ އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތްތައް ކަމަށާއި ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އާއްމު ފަރުދުން ހޭލުންތެރިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ އިލްމުވެރިންނާއި އިމާމުން ކަމަށް ވިދާޅުވެފައެވެ. އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު: ފިކުރީ ބަލިމަޑުކަމުގެ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުން ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މީގެ އިތުރުން ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާ ގުޅުންހުރި ކަމެއް ނޫންކަމަށާއި ފިކުރީ ބަލިމަޑުކަމަށް އޮތް ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުންކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމާ ހުރި ތަފާތު އެނގެން ޖެހޭނެ. ޝަރީޢަތުގައި ޖިހާދަށް ވަކި އުޞޫލުތަކެއް ކަނޑައަޅާފައިވޭ. އަދި އެކަން ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައެއް ނުވޭ. އެހެނަސް، އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެއް. ޖިހާދުގެ ޙިކުމަތަކީ ޤައުމާއި އޭގެ ރައްޔިތުން ރައްކާތެރިކުރުން. އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއްވެސް މަނާކުރައްވާފައިވޭ.އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އިސްލާމީ އުންމަތް ޓެރެރިޒަމްއާއި ހަރުކަށި ފިކުރު ފަދަ ފިކުރުތަކުން ސަލާމަތް ކުރުމަށް ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ ކުރާ މުހިންމު މަސައްކަތް ފާހަގަ ކުރައްވައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ޕްރިންސް މުޙައްމަދު ބިިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފައެވެ. އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު: ފިކުރީ ބަލިމަޑުކަމުގެ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުން ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސް ނަގައިގެން އެފަދަ ފިކުރުތަކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމަށާއި، ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާ ގުޅިގެން މިކަމުގައި މުހިއްމު މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ