ކާތިކް އަދި އަނަނިޔާގެ ފިލްމު އަންނަ އަހަރުގެ ލޯބިވެރިންގެ ދުވަހަށް

ފިލްމީ ތަރިން ކަމަށްވާ އަނަނިޔާ ޕާންޑޭ އާއި ކާތިކް އާރްޔަންގެ ފިލްމު "ތޫ މެރީ މޭ ތެރާ މޭ ތެރާ ތޫ މެރީ" އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފިއެވެ. ދަރުމާ ޕްރޮޑަކްޝަންސްއިން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ "ތޫ މެރީ މޭ ތެރާ މޭ ތެރާ ތޫ މެރީ" ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއްގެ ގޮތުގައި އިއުލާނުކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހެވެ. ފިލްމު ރިލީޒްކުރާ ތާރީޚާ އެކު ކާތިކް އާއި އަނަނިޔާގެ ކެރެކްޓާގެ ނަންތައް ވެސް ވަނީ ހާމަކޮށްފައެވެ. ކާތިކްގެ ކެރެކްޓާގެ ނަމަކީ ރޭއެވެ. އަނަނިޔާ ފިލްމުގައި ކުޅޭ ކެރެކްޓާގެ ނަމަކީ ރޫމީއެވެ. މި ފިލްމަކީ 2019 ވަނަ އަހަރު އަނަނިޔާ އާއި ކާތިކް އެކީގައި ކުޅުނު ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ"އަށްފަހު ދެ ތަރިން އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު އަދި އެކްޓަރު ކާތިކް އާރްޔަން--ފޮޓޯ/ފިލްމުފެއަ މި ފިލްމުގެ ޑައިރެކްޓަރަކީ ކާތިކްގެ 2023ވަނަ އަހަރުގެ ފިލްމު "ސަތިއަ ޕްރޭމް ކީ ކަތާ"ގެ ޑައިރެކްޓަރު ސަމީރު ވިދުވަންސްއެވެ. މި ފިލްމަކީ ދަރުމާއިން ކާތިކް ހިމަނައިގެން ގެނެސްދޭނެކަން ކުރިން އިއުލާނުކުރި ފިލްމު "ދޯސްތާނާ 2"އާ ގުޅިގެން ޕްރޮޑިއުސަރު ކަރަން ޖޯހަރާ ދެމެދު އުފެދުނު ހިތްހަމަނުޖެހުންތަކަށްފަހު ކާތިކް ދަރުމާއަށް ކުޅެދޭ ފުރަތަމަ ފިލްމެވެ. ފިލްމު "ތޫ މެރީ މޭ ތެރާ މޭ ތެރާ ތޫ މެރާ"އާ އެކު ކަރަން އާއި ކާތިކާ ދެމެދު ޖެހުނު މައްސަލައަށް ވެސް ހައްލެއް ދަރުމާގެ އިތުރު ފިލްމުތަކުން ކާތިކް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ. ކާތިކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްވި ފިލްމު "ޗަންދޫ ޗެމްޕިއަން" އަދި "ބޫލް ބުލައްޔާ 3"އިންނެވެ. މި ދެ ފިލްމުގެ ތެރެއިން މިދިޔަ އަހަރުގެ އައިފާގެ އެންމެ މޮޅު އެކްޓަރު އެވޯޑު ކާތިކަށް ހޯދައިދިނީ ފިލްމު "ބޫލް ބުލައްޔާ 3"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ