ގދ. ނަޑެއްލާއިން ގެއްލުނު, އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަމާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
އިއްޔެ މެންދުރުން ފެށިގެން އެ ރަށުން ގެއްލިގެން ހޯދަމުން ދިޔައީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ. އޭނާ އެ ރަށަށް ފޭބީ އިއްޔެ މެންދުރު ފަހު އެވެ. ނަމަވެސް ފަހުން ހަބަރެއް ނުވެ އެވެ.
ފުލުހުން ބުނީ އާދަމްގެ ހަބަރެއް ނުވެގެން ރިޕޯޓް ކުރުމުން އޭނާ ހޯދުމަށް ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އޭނާ ފެނިފައިވަނީ މިއަދު 4:45 އެހާކަންހާއިރު ކަމަށްވެސް ބުންޏެވެ.
Advertisement
އޭރު އޭނާ ހުރީ ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށެއްގަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ މީހާ ފެނިފައި ވަނީ ފުލުހުންނާއި ނަޑެއްލާގެ ރައްޔިތުންގެ ޓީމަކަށެވެ. އަދި ކޯސްޓްގާޑުން ވެސް މީހާ ހޯދުމުގެ މަސައްކަތުގައި މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މީހާ ހޯދުމުގެ ގޮތުން ނަޑެއްލާ ފަޅު ތެރެއިން 10 ފަޅުރަށް ބަލާފައިވެ އެވެ. އަދި ނަޑެއްލާގެ އެކި ސަރަހައްދުތައްވެސް ބަލާފާސް ކޮށްފައިވެ އެވެ.
އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުން ކަމަށެވެ.
އާދަމް ފެނޭތޯ 10 ފަޅުރަށް ބެލި، ގެެއްލުނު މައްސަލާގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ