ސަރުކާރުގެ ހުރިހާ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއުއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރަން ކުރިއަށް ގެންދާ ‘ކޫލް ސްކޫލު’ މަޝްރޫއުގެ ދަށުން، ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއު ފެނަކައާ ހަވާލުކޮށްފައި ވަނީ 54 މިލިއަން ރުފިޔާ އަށެވެ.
މިދިޔަ ނޮވެންބަރު މި މަޝްރޫއަށް ޗައިނާއިން ވެސް އޭސީ ހަދިޔާކޮށްފައިވާއިރު ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތައް އޭސީ ކުރުމަށް ހިންގާ “ކޫލް ސްކޫލް” މަޝްރޫއު އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.
ފެނަކައިގެ ޕެޓީކޭޝް ނަހަމަ ގޮތުގައި ބޭނުންކުރި 3 މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި ފަނަކައިން މިއަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 43 ޖަނަރޭޓަރު ބަހައްޓައިފި ކުރީ ސަރުކާރުންފެށި މަސައްކަތް ނިންމައި އަވަހަށް އައްޑޫގެ ކަރަންޓް މައްސަލަ ޙައްލުކޮ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ