މިނިސްޓަރު ތޯރިގު ސިންގަޕޫރުގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފި

ޔޫއެން އޯޝަން ކޮންފަރެންސް (ޔޫއެންއޯސީ3) ގެ ތެރެއިން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ތާރިގު އިބްރާހީމް، ސިންގަޕޫރުގެ ހާރިޖީ ވަޒީރު އޮނަރަބަލް ޑރ. ވިވިއަން ބަލަކްރިޝްނަންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން ބުނީ، މިނިސްޓަރ ތާރިގު އިބްރާހީމްގެ މި ބައްދަލުވުމަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ދިގު މުއްދަތުގެ ރަޙްމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމުގައި ބެލެވޭ ކަމުގައެވެ.
އަދި ހާއްސަކޮށް ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި އިތުރު ތަޖުރިބާ ބަދަލުކުރުމަށް މި ބައްދަލުވުމުން މަގުފަހިވާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ