ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖުވެރިން އަންނަން ފަށައިފި އެވެ.
ދިވެހި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓެއްގަ އެވެ. ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު މިއަދު މެންދުރު ވަނީ ރާއްޖެ އައިސްފައެވެ. ފުރަތަމަ ގްރޫޕު ރާއްޖެ އައިސްފައި ވަނީ މަދީނާގެ ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓާނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ.
ހައްޖާޖީންގެ ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ގްރޫޕުގެ ހައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ފަހު ގްރޫޕުގެ ހައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ދިވެހި ހައްޖުވެރިން މިފަހަރު ސައުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ލުއިފަސޭތައް ލިބިގެންނެވެ. މީގެ އިތުރުން މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތި ކުރުމުގެ އިތުރުން އަރަފާތުގެ އިންތިޒާމްތައް ވެސް ސައުދީ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފުރިހަމަ ކޮށްފަ އެވެ.
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ