ކ. މާފުށި ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް މޫދަށް އެރި އުޅެނިކޮށް މިއަދު ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވައި އެމްއެންޑީއެފުން ހޯދައިފި އެވެ.
މީޑިއާތަކަށް އެމްއެންޑީއެފުން ފޮނުވި މެސެޖެއްގައި ބުނީ ޖަޕާނުގެ އެ ފަތުރުވެރިޔާގެ ހަށިގަނޑު ފެނުނީ މިއަދު ހަވީރު 5:20 ހާއިރު ކަމަށާއި އޭނާގެ ހަށިގަނޑު މިހާރު ނަގާފައިވާ ކަމަށެވެ.
"ކަނޑޫމާތިލަ ކައިރިއަށް ގެއްލުނު ފަތުރުވެރިޔާ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، މިއަދު ހަވީރު 17:17 ހާއިރު ވަނީ ނަގާފައި،" އެމްއެންޑީއެފްގެ މެސެޖުގައި ބުންޏެވެ.
އެއީ ކޮން ޖިންސެއްގެ ފަތުރުވެރިޔެއް ކަމަށް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި މަދުމަދުން މީހުން ގެއްލިގެން ރިޕޯޓު ކުރެ އެވެ. އަދި ބައެއް ފަހަރުތަކުގައި ގެނބިގެން ވެސް ފަތުރުވެރިން މަރުވެފައި އެބަހުއްޓެވެ.
ރާއްޖެއަކީ ޑައިވިން ކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަންޒިލެކެވެ. ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތަކަކީ އެތައް ލައްކަ ފަތުރުވެރިންނަށް އަހަރެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތް ކުރާ މައިގަނޑު ސަބަބެވެ.
ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާ މަރުވެފައި އޮއްވައި ފެނިއްޖެ ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާ މަރުވެފައި އޮއްވައި ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ