އިރާނުގައި ހުރި ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމަށް އެމެރިކާއިން މިވަގުތު ބޭނުން ނުވި ނަމަވެސް އެފަދަ ހަމަލާއެއް ދިނުމަށް ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ރާވަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.
އިރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދޭނެ ކަމަށް އިޒްރޭލުން އަބަދުވެސް ބުނެ އެވެ. ނިއުކްލިއާ ޕްރޮގްރާމްގެ މަޝްވަރާތައް ނިމެން ޖެހޭނީ މުޅި ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ހުއްޓިގެން ކަމަށް އިޒްރޭލުން ބުނެ އެވެ.
އިޓަލީގެ ރޯމްގައި އިރާނާއި އެމެރިކާގެ ދެމެދު މިކަމާ ގުޅޭ މަޝްވަރާތައް ހޮނިހިރު ދުވަހު ވަނީ ފަށައިފަ އެވެ. ފާއިތުވި މަސްތަކުގައި އިޒްރޭލުން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ޓްރަމްޕުގެ ސަރުކާރަށް ގޮތްތަކެއް ހުށަހަޅައިފަ އެވެ. އެއީ އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާ ދިނުމަށް ރާވައި ހުށަހެޅި ޕްލޭންތަކެކެވެ.
ނިއުޔޯކް ޓައިމްސް އިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަހުގެ ކުރީކޮޅު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕު ވަނީ ތެހެރާނާ އެކު ބޭނުން ވަނީ ޑިޕްލޮމެޓިކް މަޝްވަރާ ކުރަން ކަން ނަތަންޔާހޫއަށް އަންގާފަ އެވެ. އަދި، އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދޭން ތާއީދު ނުކުރާކަން ވެސް ޓްރަމްޕު ވަނީ އަންގާފަ އެވެ.
އިޒްރޭލުގެ އޮފިޝަލުން މިހާރު ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން އެމެރިކާގެ ކުޑަ ތާއިދަކާއެކު އީރާނަށް ލިމިޓެޑް ހަމަލާއެއް ދެވިދާނެ އެވެ. މިފަދަ ހަމަލާއެއް އިޒްރޭލުން އެންމެ ފުރަތަމަ ހުށަހެޅި ހަމަލާތަކަށް ވުރެ ވަރަށް ކުޑަވާނެ އެވެ.
އީރާނުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ އިސް އޮފިޝަލަކު ވިދާޅުވީ އިޒްރޭލުގެ ރޭވުންތައް ތެހެރާނަށް އެނގޭ ކަމަށެވެ. އެފަދަ ހަމަލާއެއް ދީފިނަމަ އީރާނުން މެދުކެނޑުމެއް ނެތި ހަރުކަށި ރައްދު ދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމަށް އިޒްރޭލުން ދަނީ ރާވަމުން އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމަށް އިޒްރޭލުން ދަނީ ރާވަމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ