މާލެ ސަރަހައްދުގައި އިއްޔެ ކަރަންޓު ބޭނުންކުރި ނިސްބަތް އެހެން އަހަރުތަކާ އަޅާބަލާއިރު ދަށް ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯ އިން މިއަދު ބުނީ މި ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި އެންމެ ޕީކު ގަޑީގައި ބޭނުންކޮށްފައިވަނީ 78 މެގަވޮޓުގެ ކަރަންޓު ކަމަށެވެ.
ތަފްސީލް - އިއްޔެ ކަރަންޓު ބޭނުންކުރި ނިސްބަތް މަދުވެފައިވަނީ، ސްޓެލްކޯ އިން ފާހަގަކުރި ގޮތުގައި:
ވިއްސާރަ ދުވަހަކަށް ވުމުން
ސްކޫލުތަކާއި އޮފީސްތައް ބަންދު ދުވަހަކަށް ވުމުން
ސްޓެލްކޯ އިން ބުނީ ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓުން މަތީގައި ކަމަށެވެ.
ފާހަގަ ކުރެވޭ - ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑަން ނުޖެހޭ ވަރަށް ސްޓެލްކޯ އިން ވަނީ ރޯދައަށް ތައްޔާރުވެފަ އެވެ. މީގެ އިތުރުން، ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން %10ގެ ޑިސްކައުންޓު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރޯދައިގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު މަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ