އޭސީސީގެ ރައީސް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން އެދި އަޒްމިރަލްދާ ފުލުހަށް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ. އަޒްމިރަލްދާގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލް މިއަދު "ސަން"އަށް ވިދާޅުވީ، އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށައިފައި ނުވަނީސް ފަނޑިޔާރުގެ މައްޗަށް ތަހުގީގެއް ކުރަމުންދާކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ސިޓީއެއް ފޮނުވައި، ދޮގު މަޢުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެ މައްސަލައިގައި ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެެއް ހިންގައިދިނުމަށް މިއަދު ފުލުހުންގެ ޚިދުމަތަށް މައްސަލައެއް ހުށަހަޅުއްވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަޒްމިރަލްދާއަށް ނުފޫޒުފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައި ވެސް ޖިނާއި ތަހުގީގެއްކޮށްދިނުމަށް އެދި ވަނީ ފުލުހަށް ހުށަަހަޅައިފައެވެ. މީގެ އިތުރުން ޝަމީލް ވިދާޅުވީ އަޒްމިރަލްދާ ސަސްޕެންޝަނުގައި ހުންނެވި މައްސަލަކަމަށްވާ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ ތަހުގީގީ ރިޕޯޓަށް މިއަދު ލިޔުމުން ޖަވާބު ހުށަހަޅައިފައިވާކަމަށެވެ. ޖަވާބުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭ: މައްސަލަ ބަލަން ނިންމައިފައިވަނީ އިޖުރާތާ ޚިލާފަށްކަމަށްވުން މައްސަލަ ބަލަން ނިންމީ ކޮމިޝަނުގެ އިޖުރާތާ ޚިލާފަށް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ ގާނޫނުއަސާސީއާ ޚިލާފަށްކަމަށް ވުން މައްސަލައިގައި ޖަވާބުދާރީވުމާއި ދިފާއުވުމުގެ ހައްގަށް ކޮމިޝަނުން ހުރަސްއެޅިކަމާއި، އެހެންވެ އިޖުރާއީ ގޮތުން ކަންކަން ހުށަހަޅަން ވެސް ހުރަސްތަކެއް ހުރުން ކޮމިޓީގެ ބައްދަލުވުން އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ނުގެންދިއުމަށް ނިންމައިފައިވަނީ ގާނޫނީ ހަމައެއް ނެތިކަމަށްވުން ކޮމިޓީ ރިޕޯޓުގައި ހަގީގަތާ ޚިލާފަށް ކަންކަން ފާހަގަކޮށްފައިވުން ތަހުގީގު ހިންގަނީ މައްސަލަ ބަލަންޖެހޭ އަސާސެއް ނެތި ނުނިޔަތެއްގައިކަމަށްވުން ސުލޫކި މިންގަނޑު ޚިލާފުވިކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް މައްސަލައަށް ފެތޭ ޙާލަތެއް ވެސް ނެތްކަަން ފަނޑިޔާރުގެ ފަރާތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޖަވާބުގައި ފަނޑިޔާރުގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން ސާބިތުކުރުމަށް 17 ކިތާބި ހެކި އަދި 11 ޝަފަހީ ހެއްކެއް ހުށަހަޅާފައިވާކަމަށް ޝަމީލް މައުލޫމާތު ދެއްވިއެވެ. އަދި ހުށަހަޅާފައިވާ ހެކިން ހާޒިރުކޮށް ހެކިބަސް ނަގައިދިނުމަށް ވެސް އެދިވަޑައިގެންފައިވެއެވެ. އެއާއެކު އެ މައްސަލައަކި އަސާސެއްނެތި، ތަހުގީގުކުރާ މައްސަލައެއްކަމުގައި ފާހަގަކޮށް މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައިދިނުމަށް ފަނޑިޔާރު އެދިވަޑައިގެންފައިވެއެވެ. އަޒްމިރަލްދާ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށްފައިވަނީ، ސްޕާއެއްގައި ހުއްޓައި އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކޮށް މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު، އޭނާ ބަންދުން ދޫކޮށްލުމަށް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. އަޒްމިރަލްދާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ