ޣައްޒާ ރައްޔިތުން އެނބުރި ޣައްޒާއަށް އައުމުގެ ހައްގެއް ނޯންނާނެ: ޓްރަމްޕް

ޣައްޒާ ރައްޔިތުންނަށް އެނބުރި އެމީހުންގެ އަމިއްލަ ވަޒަނަށް ދިއުމުގެ ހައްގު ނުލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޣައްޒާއަށް އޭނާ ހުށަހަޅުއްވާފައިވަނީ "ކުރިމަގުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް" ޕްލޭނެއް ކަމަށެވެ. މި ޕްލޭންގެ ދަށުން ޣައްޒާ "އަމިއްލަކުރާނެ" ކަމަށާއި، ފަލަސްތީނު މީހުން ޣައްޒާއިން ބޭރުގައި ދިރިއުޅެން ތަފާތު ހަ ތަނެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމީހުންނެއް އެނބުރި ނުދާނެ، ސަބަބަކީ އެ މީހުންނަށް މާ ރަނގަޅު ބޯހިޔާވަހިކަމެއް ލިބޭނެތީ،" ޓްރަމްޕް ވިދާޅުވިއެވެ. "އަޅުގަނޑު މި ދައްކަނީ އެ މީހުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދޭ ވާހަކަ. އެއީ އެ މީހުން މިހާރު އެނބުރި ދާން ޖެހޭ ނަމަ، އަދި އެތަނުގައި އުޅެން އެތައް އަހަރެއް ހޭދަވާނެ - އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ތަނެއް ނޫން." ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަ ދެއްކި ނަމަވެސް، އަރަބި ދުނިޔެ އާއި ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ޣައްޒާއިން މީހުން ނެރުމުގެ އެއްވެސް ޕްލޭނަކަށް ތާއީދުނުކުރާނެ ކަމަށާއި އެކަމުގައި އެއްބާރުލުން ވެސް ނުދޭނެ ކަމަށް ބުނެފައެވެ.
ޓްރަމްޕްގެ މިޕްލޭނާ ދެކޮޅަށް ސައޫދީން ބުނެފައިވަނީ މިފަދަ އެއްވެސް ފުރުޞަތެއް ނުދޭނެކަމަށެވެ. އަދި މިކަން ވަރަށް ގާތުން ބަލަމުން ދާނެކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ