މިސްކިތްތަކުގައި ބަހައްޓާ ފަންޑުފޮށިތައް ރެގިއުލޭޓް ކުރާނެ ގަވާއިދެއް ހަދަނީ

މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން ކުރިއަށް ގެންދާ ކަންކަން ރެގިއުލޭޓްކުރާނެ ގަވާއިދެއް ހެދުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ގަވައިދެއް ހަދަން ނިންމީ އެކި ޖަމިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދޭ މިންވަރު ގިނަވެފައިވާތީ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި އުސޫލު ހެދިގެންދާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށާއި މިއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ