އާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފަށައިފި އެވެ.ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމުގައިވާ އަންނަ މަހުގެ 26 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ މި މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރޫއެވެ. އެމްއޭސީއެލް އިން މިހާރު ދަނީ އެއާޕޯޓު ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ.ވީއައިއޭ އިން ބުނި ގޮތުގައި އާ ޓާމިނަލާއެކު ހިދުމަތްތަކަށް ބަދަލުތަކެއް އަންނާނެ އެވެ. އެ ގޮތުން ސެލްފް ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައްވެސް ހުންނާނެ އެވެ. މީގެ އިތުރުން އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ހުންނާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.އާ ޓާމިނަލް ހުޅުވީ މުޅިން އަލަށް ބަހައްޓާފައިވާ ހަ އެއިރޯބްރިޖާއެކުގަ އެވެ. އެއިރޯބްރިޖު ހުޅުވުމުން ޕެސެންޖަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކަށް ވާނީ ޓާމިނަލް ތެރެއިން އެއިރޯބްރިޖަށް އަރައި، ސީދާ ބޯޓަށް އެރޭ ގޮތް ވުމެވެ. މިހާރު އަމަލުކުރާ އުސޫލަކީ ޓާމިނަލުން ނިކުމެ އިރުކޮޅަކު ހާމަތަނެއްގައި ހިނގަމުން ގޮސް ބޯޓަށް އެރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ