ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ޕީއެންސީ އާއި ގުޅިވަޑައިގެންވިއެވެ.
އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ގިނަ އަދަދެއްގެ މެމްބަރުން ދާދި ފަހުން ޕީއެންސީ އާއި ގުޅިފައިވާއިރު، ހަސަން ޕާޓީ އާއި ގުޅިވަޑައިގެންނެވިކަން ހިއްސާކުރެއްވީ އޭނާގެ އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށެވެ.
ހަސަން ވިދާޅުވީ، އޭނާވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއިއެކު ކުރިއަށް ވަޑައިގަތުމަށް ނިންމާފައިކަމަށާއި އިހުލާސްތެރިކަމާއިއެކު ޕީއެންސީ އާއިއެކު ހުންނަވާނެކަމަށް ފާހަގަކުރެއްވިއެވެ.
ހަސަން ގުޅިވަޑައިގަތުމާއިއެކު ޕީއެންސީވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ކާމިޔާބުކޮށްފައެވެ. އެ ޕާޓީގައި ހަސަން އާއިއެކު 16 މެމްބަރުން ތިއްބަވާއިރު، ޕީއެންސީގެ ކޯލިޝަން ޕާޓުނަރުކަމަށްވާ ޕީޕީއެމްގެ 2 މެމްބަރުންވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާކަން ފާހަގަކުރެވެއެވެ.
އިނގުރައިދޫ މެމްބަރު ހަސަންޓޭވެސް ޕީއެންސީއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ