މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރު ކަމަށް ސަަފާ ޝަފީގު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރެއިން ކޮމިޓީން ދިރާސާކުރުމަށްފަހު ތަޅުމަށް ފޮނުވި ދެނަމަށްވެސް ވަނީ ވޯޓަށް އަހާފައެވެ. އެދެ ނަމަކީ ސަފާ ޝަފީގާއި ޝިހާމް މުހައްމަދު ވަހީދެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ސަފާ އައްޔަން ކުރެވުނީ 40 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އަދި ޝިހާމް މުހައްމަދު ވަހީދަށް 7 ވޯޓް ލިބުނު އިރު އޭނާ އާއި ދެކޮޅަށް 31 މެމްބަރަކު ވަނީ ވޯޓް ދީފައެވެ.
ބްރޯޑްކޮމް އަށް މެމްބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ރުހުން ހޯދުމަށް ނަން ފޮނުވާފައިވަނީ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި އަމްޖަދު އިބްރާހިމްގެ މެމްބަރު ކަމުގެ މުއްދަތު ހަމަވުމާއި ކޮމިޝަންގެ ނައިބު ރައީސް ކަމުން އަހުމަދު ގައިސް ވަކިވުމާއި ގުޅިގެންނެވެ.
ބްރޮޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ސަފާ އައްޔަން ކުރަން ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ