ވިލާ ކޮލެޖުން މި ހަފްތާ ބަންދުގައި ކެމްޕަސް ކުއެސްޓެެއް

ތަފާތު މަޖާ އަދި ތައުލީމީ
ފެސްޓިވަލެއް ބޭއްވުމަށް ވިލާ ކޮލެޖުން ތައްޔާރުވެއްޖެ އެވެ.
މި ހަފްތާ ބަންދުގައި ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10އަށް ވިލާ ކޮލެޖު ކިޔުއައި ކެމްޕަހުގަ އެވެ.
'ކެމްޕަސް ކުއެސްޓް: ކޮމިކް އެޑިޝަން 2026'ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަކީ، އެ ކޮލެޖުން ބުނި ގޮތުގައި، ތައުލީމާއި ގޭމިން އަދި ޕޮޕް ކަލްޗާ އެއްފުރާޅެއްގެ ދަށުން ބައްދަލުކުރާނެ ހަރަކާތަކަށް ވާނެ އެވެ. އެގޮތުން:
ވިލާ
ކޮލެޖުގެ ދޮރުން އެތެރެވުމާ އެކު ކޮންމެ ބައިވެރިޔަކު ވެސް ބަދަލުވެގެންދާނީ 'ހީރޯ'އަކަށް
 ހާއްސަ ވެބް އެޕެއް މެދުވެރިކޮށް ކޮންމެ
ބައިވެރިއަކަށް ވެސް 'ޑިޖިޓަލް ހީރޯ
ޕާސްޕޯޓެއް' ލިބޭނެ
 ކޮލެޖުގެ
އެކި ފެކަލްޓީތަކަށް ހާއްސަކޮށްފައިވާ ތަފާތު ޒޯންތަކަށް ގޮސް،
އެތަނުގައި ހުންނަ ޗެލެންޖުތައް ފުރިހަމަކޮށް ކިޔުއާރު ކޯޑު ސްކޭން ކުރުމުން
ޕާސްޕޯޓަށް ޑިޖިޓަލް ސްޓޭމްޕެއް ލިބޭނެ
ހުރިހާ ސްޓޭމްޕެއް ހަމަކުރާ
ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު
އޮންނާނެ
މި
ފެސްޓިވަލުގައި ވިލާ ކޮލެޖުގައި ކިޔަވައިދޭ ދާއިރާތައް ފެންނާނީ މުޅިން ތަފާތު
ތީމްތަކަށް ކަމަށް އެ ކޮލެޖުން ބުންޏެވެ. އެގޮތުން:
ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް: އަލްޓިމޭޓް ހީރޯ
ސީއީއޯ ޗެލެންޖުގައި ބައިވެރިވެ ވިޔަފާރީގެ ހުނަރު ދައްކާލުން
ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލަޖީ: ޓްރާމްސްފޯމަސް ތީމަށް އޭއައި
ކޯޑިން، 3ޑީ ޕްރިންޓިން އަދި ސްމާޓް ހޯމް ޓެކްނޮލޮޖީގެ ތަޖުރިބާ
ފެކަލްޓީ އޮޕް ޝަރީއާ އެންޑް ލޯ: ގޯތަމް ސިޓީ ތީމަށް 'ލައިވް މޫޓް ކޯޓެއް'ގައި ބެޓް މޭން އަދި ފިހާރަވެރިޔާގެ ފަރާތުން ވަކާލާތު ކުރުމުގެ
ފުރުސަތު
ފެކަލްޓީ އޮފް ހެލްތު ސައިންސަސް: އެވެންޖާސް މީޓްސް ގްރޭސް
އެނެޓޮމީ ތީމަށް 'ލެވަލް 5 އައުޓްބްރޭކް'އެއް ފެތުރުމާއި އެކު
ހިނގަމުންދާ ކަންތައްތަކުގައި ބައިވެރިވުމުގެ ފުރުސަތު
ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީސް: ކާޓޫން ނެޓްވޯކް
ކެރެކްޓަރުންނާއެކު ކުޅެވޭ 'ކްލާސްރޫމް ކްރައިސިސް' ޓީޗިން ގޭމް
ސްކޫލް އޮފް ސައިކޮލޮޖީ އަދި ވީކެއަ ސައިކޯތެރަޕީ
ސެންޓަރު: ކްރައިމް ކޭސްއެއް ހައްލުކުރުމާއި ރައްދުވާ ފަރާތް ހޯދުން
މީގެ
އިތުރުން، އެވެޓާގެ ދުނިޔެއިން 'ޕެންޑޯރާ އެޑިއުކޭޝަން ވޯލްޑް'އަށް ދަތުރުކުރާއިރު، ޗައިނީޒް
ސެންޓަރުން ކޮން ފޫ ޕެންޑާއާ އެކު ޗައިނާގެ ސަގާފީ ހަރަކާތްތައް ފެންނާނެކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.
ރާއްޖޭގެ
އެންމެ ބޮޑު ގޭމިން ކޮމިއުނިޓީ، ދިރާގު ގޭމާސް ގިލްޑާ ގުޅިގެން މި ފެސްޓިވަލްގައި ބޮޑު އީ-ސްޕޯޓްސް ޒޯނެއް ވެސް ހުންނާނެ އެވެ. މިތަނުގައި ޕީއެސް5، ވީއާރް އަދި
ރޭސިން ސިމިއުލޭޝަން ގޭމްތައް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން ޑީ އެން ޑީ މޯލްޑިވްސްގެ ފަރާތުން ކުރިއަށް
ގެންދާ ޑަންޖަންސް އެންޑް ޑްރެގަންސް ގޭމް ސްޓޯލެއް ވެސް ހުންނާނެ އެވެ.
އިވެންޓްގެ
މެއިން ސްޓޭޖުގެ އެންމެ ފޯރިގަދަ ހަރަކާތަކަށް ވާނީ 'ކޮސްޕްލޭ ރޭމްޕްވޯކް' ކަމަށާއި އެމީހަކަށް ތިމާއަށް އެންމެ ކަމުދާ ކެރެކްޓަރެއްގެ ސިފައިގައި
ބައިވެރިވެ އެލް މޮބައިލްއިން ހުށަހަޅާ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު މި
ހަރަކާތުގެ ތެރެއިން އޮންނާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
މީގެ އިތުރުން، ލައިވް މިއުޒިކާއި
ދަރިވަރުންގެ ޓެލެންޓް ޝޯ ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ.
ދެ
ދުވަހަށް ދެމިގެންދާ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ކެއިންބުއިމާއި
ތަފާތު ވެންޑަރުންގެ ހިމެނޭ ޒޯނެއް ވެސް ގާއިމުކޮށްފައި ހުންނާނެ
ކެއުމާއި ބުއިމުގެ ހިދުމަތް ދިނުމަށް މޫ ކިޗަން، ކޭކްޑް އެމްވީ، ކޮފީ ސްޓޭޓް އަދި ކްރަމްބްސް އެން ކޯ ހަރަކާތްތެރިވާނެ
ހުނަރުވެރި މަސައްކަތްތަކާއި މަޝްހޫރު ބްރޭންޑްތައް ފެނިގެންދާ ވެންޑާ ސްޓޯލްތައްވެސް ހުންނާނެ. ތެރޭގައި ޑެއިޒީސް، އެނިމޭކަލެކްޓް އެމްވީ، ކޮސްޕްލޭޔާސް ސްޓޯލް، ނޯޓް ކޮސްމެޓިކްސް، އެލް މޮބައިލް ހިމެނޭ
މި
ހަރަކާތުގެ މައިގަނޑު މަގުސަދަކީ ވިލާ ކޮލެޖުން ބުނިގޮތުގައި ތަފާތު މާހައުލެއްގައި ވިލާކޮލެޖުން ލިބެން ހުރި ތައުލީމީ ފުރުސަތުތައް ދައްކައިދީ އާންމުންނަށް ވިލާ ކޮލުގެ ކެމްޕަހާއި
ވަސީލަތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މޭ 2026ގެ
އިންޓޭކަށް ކޯހަކަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އިވެންޓްގެ ތެރެއިން
ވަގުތުން ފޯމުލައި، ވަގުތުން ކޯހަށް ހޮވުނު ކަމުގެ އޮފާ ލެޓާ' ލިބޭނެ 
ކެރިއާ ގައިޑެންސް ދިނުމާއި ކެރިއާ އެސެސްމެންޓް ހެދުމުގެ ފުރުސަތު ވެސް އޮންނާނެ
ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ
ސްޓޯލެއް ވެސް މި ހަރަކާތުގެ ތެރޭގައި ހިމެނޭ
މި
ހަފުތާ ބަންދުގައި ރައްޓެހިންނާއި އާއިލާ ގޮވައިގެން ވިލާ ކޮލެޖުގެ ކެމްޕަސް ކުއެސްޓްއަށް ޒިޔާރަތްކޮށް ތަފާތު ތަޖުރިބާއެއް ކޮށްލުމަށް
އެ ކޮލެޖުން ދައުވަތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ