ދައުރުން ބޭރުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލުގެ ވޯޓަށް އެހުމުގެ ފުރުސަތު އޮތުމުން، ބައެއް ނޫސްވެރިންނާއި ޢާންމުން މަޖިލިސް ކައިރީގައި އިހުތިޖާޛް ކުރަން ފަށައިފިއެވެ.
ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބައްވާކަން އިއްޔެ މަޖިލީހުގެ އިދާރާއިން އިއުލާންކޮށްފައިވާއިރު، މިހާތަނަށް ވެސް މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އަދި ޖަލްސާގެ ވަގުތު އެ އިދާރާއިން އިއުލާންކޮށްފައިނުވެއެވެ.
ނަމަވެސް އާންމުކޮށް މަޖިލިސް ފަށާ ގަޑިއަށް ބައެއް ނޫސްވެރިންނާއި ޢާންމުން އެއްވެ، މީޑިޔާ ބިލާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ދަނީ ހިއްސާކުރަމުންނެވެ. އެ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާއިރު، އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާއި އާންމުން ވަނީ ކޯޑޮންކޮށްފައިވާ ސަރަހައްދުން ބޭރުކޮށްފައެވެ. މިވަގުތު އެ ފަރާތްތައް ތިބީ މަޖީދިއްޔާ ސްކޫލުގެ ކުރިމަތީގައެވެ.
މިއަދު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަޖިލީހުން ނިންމާފައިވާއިރު، މީޑިޔާ ބިލަށް ބައެއް އިސްލާހްތައް ގެނައުމަށްފަހު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. އިއްޔެ ބޭއްވި ކޮމެޓީގައި ވޯޓަށް އެހިތަނުން ކޮމިޓީ ހޫނު ވިނަމަވެސް ފަހުން، ވަނީ ބިލް ފާސްކޮށްފައެވެ. ކޮމިޓީން ބިލް ފާސްކޮށްފައިވަނީ މީޑިއާއިން ފާހަގަކުރި ބައެއް ކަންބޮޑުވުންތަކަށް ބައެއް ޙައްލުތަކެއް ހިމެނުމަށްފަހުއެވެ.
އެ ބިލު ކޮމެޓީން ކުރަން ވޯޓަށް އެހިއިރު އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް ކޮމެޓީން ރިއާޔަތްނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ވަގުތު އެތަނުގައި ތިބި ނޫސްވެރިންނާއި ޢާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑީޔާގެ ރެގިއުލޭޓަރީ ބިލާ ދެކޮޅަށް ވަރަށް ގިނަ ނޫސްވެރިން ވަނީ ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން ނޫސްވެރިންގެ ޚިޔާލު ހޯދުމަށް އެ ކޮމެޓީން މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ކޮމެޓީގެ ޖަލްސާގައި ވެސް ހުރިހާ ނޫސްވެރިން ވަނީ އެ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
އަދި އެ ބިލު ބޭރުކުރުމަށް ގޮވާލައި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
މީޑީޔާ ބިލު ފާސްކުރުން: ބައެއް ނޫސްވެރިންނާއި ޢާންމުން މަޖިލިސް ކައިރީ އިޙުތިޖާޖުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ