މަޖީދީ މަގުގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަޚަމުކޮށްލައިފި

މާލޭގެ މަޖީދީ މަގުގައި މިއަދު ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަޚަމުކޮށްލައިފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 5:15 ހާއިރު ކަމަށެވެ. އެ ހަމަލާގައި އަނިޔާވީ، 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށްވާއިރު، އޭނާއަށް އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމީހާއާގެ ހާލަތާއި ފަރުވާއާ ގުޅޭ ގޮތުން 'ސަން'އިން އައިޖީއެމް ހޮސްޕިޓަލާ ސުވާލުކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފާހަގަކުރެވޭ ގޮތުގައި، ދޭތެރެއަކުން މާލޭގައި މީހުންނަށް ހަމަލާ ދޭ މައްސަލަތައް ފެންމަތިވެއެވެ. މިދިޔަ މަހު ފަހުކޮޅު ވެސް ސޯސަން މަގުގައި މީހަކަށް ހަމަލާދީ، ޒަޚަމުކޮށްލައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ