ހުލާސާކޮށް އިއްޔެ: މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި ހުލާސާކޮށް އިއްޔެ: މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނ

ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހޭދަކުރެއްވި ފަހު 30 މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައިފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވިކަން އިއްޔެ ރިޕޯޓުކުރި އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލުމަށް ފަހު 2012 ގައި އުފެދިގެން އައި ސަރުކާރާއި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސަރުކާރުގައި މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގަ އެވެ.
ސަރުކާރެއްގެ ވަޒީރަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ލިބެނީ 66،000ރ. އެވެ. އެ ފައިސާ މުއިއްޒުގެ އެކައުންޓަށް ޖަމާކުރާނީ ފިނޭންސް މިނިސްޓްރީންނެވެ. ނަގުދު ފައިސާއިން ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް މުސާރަ ނުދެ އެވެ.
ނަމަވެސް، އަދަދު ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މާޗު 2016، އިން ފެށިގެން ސެޕްޓެމްބަރު 2018، ގެ ނިޔަލަށް މުއިއްޒުގެ އެކައުންޓަށް ޑޮލަރާއި ދިވެހި ރުފިޔާ ހިމެނޭހެން ފަސް މިލިއަނަށްވުރެ ގިނަ ފައިސާ ވަނީ ޖަމާކޮށްފަ އެވެ.
މި މުއްދަތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައި ހުރި މުއިއްޒުގެ ރުފިޔާ އަދި ޑޮލަރު އެކައުންޓުތަކަށް 85 ފަހަރަކު ނަގުދު ފައިސާ ޖަމާކޮށްފައިވެ އެވެ. އެއީ 5،254،252ރ. އާއި 15،600 ޑޮލަރެވެ. ބޭންކު ރޭޓުން ޑޮލަރު މާރުކޮށްފިނަމަ ޖުމްލަ ފައިސާގެ އަދަދު 5،494804ރ. އަށް އަރަ އެވެ.
މިދިޔަ އަހަރު ކުރީކޮޅު އާންމުވި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓެއްގައި ވެސް މި ފައިސާތަކުގެ ވާހަކަ އޮތެވެ. ނަމަވެސް، އޭރު ހާމަވީ 2015 އިން ފެށިގެން މުއިއްޒުގެ އެކައުންޓަށް ޖަމާވި ފައިސާގެ އަދަދުތަކާއި ބޭންކުތަކަށް އޮޅުވާލަން އެމަނިކުފާނު ކުރެއްވި ބައެއް ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ