“ޖީލުތައް ގުޅުވައިލުން، ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލު އެކުލަވާލުން” މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް 2025 ( މޯލްޑިވްސް އައިޖީއެފް 2025) ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.
އޮކްޓޯބަރު މަހުގެ 24 އިން 25 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް އިންތިޒާމްކުރަނީ ވިމެން އިން ޓެކް މޯލްޑިވްސް އާއި ވިލާ ކޮލެޖް ގުޅިގެން، އިންޓަނެޓް ސޮސައިޓީ ފައުންޑޭޝަންގެ އިންޓަނެޓް ގަވަރނަންސް ފޯރަމް އިވެންޓްސް ގްރާންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކުގައެވެ. މި އިވެންޓުގައި ސަރުކާރުގެ މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރ ގައި ހަރަކާތްތެރިވާ ފަރާތްތަކާއި ، މަދަނީ ޖަމްޢިއްޔާތަކާއި، ތަޢުލީމީ ދާއިރާ އަދި ޒުވާނުން ބައިވެރިވެ، ދިވެހިރާއްޖޭގެ ކުރިއަރަމުންދާ ޑިޖިޓަލް ވެއްޓާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
މޯލްޑިވްސް އައިޖީއެފް 2025 އޮންނާނީ 24-25 އޮކްޓޯބަރ 2025 ގައި ވިލާ ކޮލެޖް، މާލޭ ކެމްޕަހުގައެވެ.
މޯލްޑިވްސް އައިޖީއެފްއަކީ އިންޓަނެޓް ގަވަރނަންސް އަދި ޑިޖިޓަލް ސިޔާސަތުތަކާ ގުޅޭ މަޝްވަރާތަކަށް އޮންނަ ޤައުމީ މަންސައެވެ. މިއަހަރަކީ މުހިންމު އަހަރެއްގެ ގޮތުގައި ފާހަގަކުރެވެނީ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު އައިޖީއެފް މޯލްޑިވްސް ބޭއްވޭނެތީއާއި އަދި ޤައުމީ ފޯރަމާއެކު، ޤައުމުގެ ޑިޖިޓަލް މުސްތަޤްބަލު އެކުލަވާލުމުގައި ޒުވާނުންގެ އަޑު އިވޭނެތީއެވެ.
މިއީ ޖީލުތަކުގެ ވިސްނުން ގުޅުވައިލުމާއި، ރައްކާތެރި، އީޖާދީ އަދި އިންކްލޫސިވް ޑިޖިޓަލް މުޖުތަމަޢުއެއް ކުރިއެރުވުމަށް ސެކްޓަރުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ އިވެންޓެކެވެ.
އައިޖީއެފް 2025 ގެ ތީމުގެ ގޮތުގައި ހިމެނެނީ:
2.: ޑިޖިޓަލް ޤައުމެއް ބިނާކުރުން – އީ-ގަވަރނަންސް، ޑިޖިޓަލް އައިޑެންޓިޓީ، އަދި ޚިދުމަތްތައް ބަދަލުކުރުމަށް ސިޔާސަތުތަކާއި، ޤަވާޢިދުތަކާއި، މުއައްސަސާތަކުގެ އޮނިގަނޑު ކުރިއެރުވުން.
ދެ ދުވަހަށް ބެހިގެންދާ ފޯރަމްގައި ހިމެނޭނީ:
އޭއައި، ޑިޖިޓަލް ގަވަރނަންސް، އަލަށް އުފެދެމުންދާ ޓެކްނޮލޮޖީތައް، ޑޭޓާ ޕްރޮޓެކްޝަން، އަދި ޑިޖިޓަލައިޒޭޝަނާ ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި، ވަރކްޝޮޕްތަކާއި، ޕްރެޒެންޓޭޝަންތަކެވެ.
ފުރަތަމަ ދުވަސް (24 އޮކްޓޯބަރ) ގައި ފާހަގަކުރެވޭނީ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްވަރާތަކާއި އީޖާދުތައް، އަދި ދެވަނަ ދުވަސް (25 އޮކްޓޯބަރ) ގައި އަލިއަޅުވާލެވޭނީ ޤައުމީ ސިޔާސަތުތަކުގެ އިސްކަންދޭ ކަންކަމާއި ގިނަ ފަރާތްތަކުގެ މެދުގައި އޮންނަ އެއްބާރުލުމަށެވެ.
މި އިވެންޓަކީ ހުރިހާ އުމުރުފުރައަކަށް އާންމުކޮށް ހުޅުވާލައިގެން ބޭނުން ކޮންމެ މީހަކަށް ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ އިވެންޓެކެވެ. މި އިވެންޓުގައި ކުރިއަށް ގެންދާ ސެޝަންތަކުގައި ސީދާ ބައިވެރިވުމުގެ ފުރުޞަތާއި، ބައެއް ސެޝަންތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.
އިވެންޓުގައި ރަޖިސްޓްރީ ވުމަށާއި އަދި އިތުރު މަޢުލޫމާތު ތިރީގައިމިވާ ލިންކުންތަކުން ލިބޭނެއެވެ.
www.maldivesigf.mv/mvigf2025
ސޯޝަލް މީޑިއާ
https://www.facebook.com/mvigf/
https://x.com/igfmv
މޯލްޑިވްސް އިންޓަނެޓް ގަވަރނަންސް ފޯރަމް (މޯލްޑިވްސް އައިޖީއެފް) އަކީ ޓެކްނިކަލް ކޮމިއުނިޓީ، މަދަނީ ޖަމްޢިއްޔާތައް، އެކަޑަމިކް ދާއިރާ، ޕްރައިވެޓް ސެކްޓަރ، ސަރުކާރުގެ މުއައްސަސާތައް އަދި ސިޔާސަތު އެކުލަވާލާ ފަރާތްތައް އެއްތަނަކަށް ގެނެސް، އިންޓަނެޓް ގަވަރނަންސް އަދި ރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލާ ބެހޭގޮތުން ހުޅުވާލެވިފައިވާ އަދި އެކުލެވޭ މަޝްވަރާތަކެއް ކުރުމަށް އުފައްދާފައިވާ ގައުމީ މަލްޓި-ސްޓޭކްހޯލްޑަރ އިނީޝިއެޓިވްއެކެވެ.
2022 ގައި އުފެދުނު މޯލްޑިވްސް އައިޖީއެފްއަކީ އދ. އިން އިންތިޒާމްކުރާ ގްލޯބަލް އިންޓަނެޓް ގަވަރނަންސް ފޯރަމް އިކޯސިސްޓަމްގެ ބައެކެވެ. މިއީ އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ އިތުބާރު، ހިމެނުން، އައު އީޖާދުތައް އަދި ހައްޤުތަކަށް ބިނާކޮށް ޑިޖިޓަލް ތަރައްޤީ ކުރިއެރުވުމަށްޓަކައި ހިންގައި ތަރައްޤީކުރާނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް އޮންނަ މުސްތަޤިއްލު، އެއްބާރުލުން ދޭ މަންސަތެކެވެ.
ރޭ އައްޑޫ އިން ކަރަންޓު ކެނޑުނީ، ޑީސެލަށް ފައިސާ ނުދައްކައިގެން ތެޔޮ ނުލިބިގެން: ޝިނާޒު އިސްދޫ ކަލައިދޫގައި 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއް ގާއިމުކުރަނީ ތެލަސީމިއާ ހުންނަ ފަރާތްތަކަށް 1000 ރުފިޔާގެ އެލަވަންސެއް ދޭނަން – ރައީސް ހިޔާ ފްލެޓްގައި އަލިފާނުގެ ހ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ