ކުރެހުމުގެ ފަންނަށް އަހަރަކު 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ފަށަނީ

އަންނަ އަހަރުން ފެށިގެން, ކުރެހުންތެރިންނާއި ކުރަހަން ދަސްކުރާ މީހުންނަށް ހިލޭ އެހީގެ ގޮތުގައި އަހަރަކު 25 މިލިއަން ރުފިޔާ ދޭނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފިއެވެ. ސަރުކާރަށް ދެ އަހަރުވުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ، ޒުވާނުންނަށް ފުރުސަތުތައް ފަހިކުރަން މި ސަރުކާރުން ކުރަމުން އަންނަ ކަންތައްތައް ފާހަގަކުރައްވައިފައެވެ. އެގޮތުން މަސައްކަތް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ނޮވެންބަރު 17، 2023އިން ފެށިގެން 375 ޒުވާނުން ތަމްރީނުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އޭގެ ތެރެއިން 72 ޕަސެންޓް ޒުވާނުން ވަނީ ވަޒީފާ ކަށަވަރުކޮށްފައި ކަމަށެވެ. އަދި އިތުރު 112 ޒުވާނުން މިހާރު ވެސް ތަމްރީނުތައް ހަދަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މިރޭގެ ޖަލްސާގައި: ކުރެހުމުގެ ފަންނަށް އަހަރަކު 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ފަށާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ޕީއެސްއެމް ރައީސް ވިދާޅުވީ މީގެ އިތުރުން ޒުވާނުންނަށް ހިލޭ އެހީ ދިނުމަކީ ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ކުރެހުމަކީ ގިނަ ޒުވާނުން ހަރަކާތްތެރިވާ ދާއިރާއެއް ކަމަށާއި، އެ މަނިކުފާނު ބައެއް ފަހަރު މައުރަޒުތަކަށް ވަޑައިގަތުމުން އެ ޒުވާނުންގެ ހުނަރުވެރިކަން ފާހަގަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަޅުގަނޑު ވައުދުވިން މި އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން ދެން ކޮންމެ އަހަރަކު ވެސް 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ކުރެހުމުގެ ފަންނަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށާއި އޭގައި އުޅޭ ކުދިންގެ ތެރެއިން އިތުރަށް ކުރިއަށްދާން ބޭނުންވާ ކުދިންނަށް ބޭނުންވާ އެއްޗެހި ގަންނަންށާއި އެކި ކަހަލަ ކޯސްތަކުގައި ބައިވެރިވާންށާއި މި ހުރިހާ ކަމަކަށް ހިލޭ އެހީ ދޭނަމޭ. އެކަން ފެށިގެން ދާނެ ވަރަށް އަވަހަށްރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އެފަދައިން ވިދާޅުވިއިރު، ރާއްޖޭގައި އުޅޭ އާޓިސްޓުންގެ ކުރެހުންތައް ދައްކާލުމަށް ދޭތެރެއަކުން މައުރަޒުތައް ބާއްވައެވެ. އެހެންނަމަވެސް އެ ދާއިރާއިން ދިރިއުޅުމެއް ބިނާކުރެވޭ ވަރަށް އާމްދަނީއެއް ނުލިބޭ ކަމުގެ ކަންބޮޑުވުން، ބައެއް އާޓިސްޓުން ފާހަގަކުރެެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ