ކައްވަޅުގައި އެމީހުންގެ އަގައަށް ވެލިއެޅި ފުރިގެންދާނެ މީހުން-

މަރުވެ ކައްވަޅުގައި ވަޅުލެވުމުން ދެން އެމީހަކާއިމެދު ކަންތައްތައް ވެގެންދާނެ ގޮތް އެނގެން އޮތީ ހަމައެކަނި ޤުރްއާނުންނާއި ޙަދީޘްފުޅުތަކުންނެވެ. ވީމާ ދުނިޔޭގެ އެދުމަށް ދަހިވެތިވެގެން އުޅޭ މީހުން ވިސްނާލަންޖެހޭނެ ކަމެއްގެ ވާހަކަ ފާހަގަކޮށްލާނަމެވެ. 
ރަނުގެ ވާދީއެއް ލިބިއްޖެނަމަ ދެވަނަ ވާދީއަކަށް އެޑޭނެކަމާއި 2 ވަނަ ވާދީ ލިބުމުން 3 ވަނަ ވާދީއަކަށް އެދޭނެކަމާއި މިހެން ގޮސް އާދަމްގެ ދަރިޔާ ގެހިތް އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު ނުފުރޭނެކަމާއި އޭނާގެ ހިތް ފުރޭނީ މަރުވެ ލކައްވަޅުގައި ވަޅުލެވުމުން އަގައަށް އެޅޭ ވެލިންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  
މީހާ ވަޅުވަނީ ދޮޅި އައްސައިފައެވެ. އަނގަ ނުހުޅުވޭނެ ގޮތަށެވެ. އަހުރެމެންނަށް ފެންނަ ގޮތުގައި މަރުވުމުން އޭނާއަށް އިތުރު ހަރަކާތެއް ނުކުރެވޭނެއެވެ. އެހެންވިއްޔާ ކައްވަޅުގައި ވެލިއެޅެން އޭނާގެ އަނގަ ހުޅުވެނީ ކިހިނަކުންހެއްޔެވެ؟ ސުވާލުގެ ޖަވާބަކީ މަރުވުމުން، މަރުވެ ވަޅުލެވުމުން އެމީހަކާއިމެދު ދެން ކަންކަން ހިނގާނެ ގޮތް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ﷲ ތަޢާލާ އެމީހަކާއިމެދު ކަންކަން ނިންމަވާފައިވާ ގޮތަކަށް ކަންކަންހިނގާނެއެވެ.  
ކައްވަޅުގައި ނިޢްމަތް ލިބުން ޙައްޤު މީހުންނަށް ނީޢްމަތްތައް ދެއްވަވާނެތެވެ. އެމީހުންގެ ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއެއް ކަމުގައިވެސް ލައްވަވަތެވެ. ސުވަރުގޭގެ މީރުވަސް ލިބިލިބި ހުންނަގޮތްވެސް މިންވަރުކުރައްވަވަތެވެ. ހަމައެފަދައިން އެމީހާގެ ކައްވަޅުން ނަރަކައަށް ދޮރެއް ކެނޑި ނަރަކައިގެ ހޫނުކަން ލިބިލިބިވުމަށްވެސް އިރާދަކުރައްވަވަތެވެ.  
ބުނަން އެންމެ ބޮޑަށް ބޭނުންވާ ވާހަކަ މިބުނަނީއެވެ. ބަޔާންކުރި ޙަދީޘްފުޅުގައިވާ ފަދައިން ދުނިޔެއަށް ދަހިވެތި މީހަކު ކަމުގައި ނުވާން މަސައްކަތްކުރާށެވެ. ދުނިޔޭގައި ތަނަވަސްކަން އިތުރުކުރަން މަސައްކަތްކުރަން ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް ހިތް ނުފުރޭނެ މީހަކަށް ނުވާށެވެ! ދެއްވެވި މަދުމިންވަރަށް ޝުކުރުވެރިވެ ވީހައި ގިނައިން އަޅުކަން ކުރަން މަސައްކަތްކުރާށެވެ.  
މިޙަދީޘްފުޅުން އެނގިގެންދަނީ ދުނިޔެއަށް ދަހިވެތިވުމުން އެމީހަކަށް ކުރިމަތިވާނެ ހިތާވެރި އަދި ބިރުވެރި ޙާލަތެވެ. އެކަމުގެ ބޮޑުކަން އަހުރެމެންނަށް ވަޒަންވެސް ނުކުރެވޭނެ ކަމެވެ.
 
- މައްލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ