މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ސިނަމާލެ ބްރިޖުގެ އެއް ލޭނު މިރޭ ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މިރޭ 11:45 އިން ފެށިގެން ބަންދުކުރަނީ މާލެއިން ހުޅުމާލެއަށް ދާ ލޭނު ކަމަށެވެ. އެ ލޭނު ބަންދުކުރަނީ މިރޭ ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ނިމެންދެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބްރިޖުގެ އުތުރު ލޭނު ބަންދުކުރި ނަމަވެސް، އެ ލޭނު ހުޅުވަންދެން ދެކުނު ލޭނުން ދެކޮޅަށް ދުއްވާ އެއްޗެހި ދުއްވޭނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން ވެސް އެކިއެކި ކަންކަމާ ގުޅިގެން ބްރިޖުގެ ލޭނުތައް ފުލުހުން ބަންދުކުރެ އެވެ. ލޭނު ބަންދުކޮށްފައި އޮންނަ ވަގުތުތަކުގައި އެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަނީ ފުލުހުންނެވެ. އެފަދަ ވަގުތުތަކުގައި ޓްރެފިކްއަށް ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެ އެވެ.
މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ބްރިޖުގެ އެއް ލޭން މިރޭ ބަންދުކުރަނީ މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ބްރިޖުގެ އެއް ލޭން މިރޭ ބަންދުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ