މުޒާހަރާއިން ހައްޔަރުކުރި އެމްޑީޕީން ބުނާ “ކޮލެޖް ދަރިވަރު” ޑްރަގާއެކު ހައްޔަރު ކޮށްފި

މި މަހުގެ ތިންވަނަ ދުވަހުގެ ރޭ އޮތް މުޒާހަރާއިން ހައްޔަރުކުރި އެމްޑީޕީން ބުނާ “ކޮލެޖް ދަރިވަރު” ޑްރަގާއެކު ހައްޔަރު ކޮށްފި އެވެ.
ނ. ވެލިދޫއަށް ނިސްބަތްވާ އެ ދަރިވަރާއި އިތުރު ބަޔަކު ހައްޔަރުކުރީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އެވެ. އެއީ ފުޅާ ނެޓްވޯކެއްގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ ގުރޫޕެކެވެ.
އެ ޒުވާނާ މުޒާހަރާއިން ހައްޔަރުކުރުމުން އެއީ ކޮލެޖް ނިންމާފައި ގެއަށް ދިޔަ ދަރިވަރެއް ކަމަށާ އޭނާ އަނިޔާވެރިކަމާއެކު ހައްޔަރު ކުރީ މުޒާހަރާގެ ތެރޭ ތާށިވެފައި ހުއްޓާ ކަމަށް އެމްޑީޕީން ބުނެ އެވެ.
ކޯޓުން ވެސް އޭނާގެ ބަންދަށް މުއްދަތު ނުދީ ދޫކޮށްލީ އެވެ. މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ