މުސްލިމުން ކުރަންޖެހޭ މަސައްކަތެއް އާއަހަރަށް ޚާއްޞަކޮށްގެން ކާފިރުން ކުރަންފަށައިފި-

މީލާދީ އައު އަހަރު ފެށުމާއި ކްރިސްމަސް ފާހަގަކުރުން ގާތްވެފައި ވަނިކޮށް ކާފިރު އަންހެނުންތަކެއް އިސްނަގައިގެން ޚާއްޞަ ޙަރަކާތްތަކެއް ހުޅަނގުގައި ފަށައިފިއެވެ. މިއީ މިބާވަތުގެ ޙަރަކާތެއް މިގޮތަށް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. 
މިޙަރަކާތުގައި ކެންޕޭނުކުރަމުން ގެންދަނީ ކްރިސްމަސް ފާހަގަކުރަންވެސް އަދި ނިވްއިޔަރ ފާހަގަކުރަންވެސް އެއްވެސް ބާވަތެއްގެ ބަނގުރަލެއް ބޭނުން ނުކުރުމަށެވެ. ޗެންޕޭން އާއި ވައިންވެސް ހިމެނޭ ގޮތަށެވެ. 
އެމީހުން ކުރަނީ އާދޭހެވެ. އެއާދޭހުގައި ބުނަނީ ތިމާގެ ޞިއްހަތު އަމިއްލައަށް މަރާނުލަމާހިނގާށެވެ. ބުއްދި ފިލުވާނުލައި ހަމަބުއްދީގައި ތިބެގެން އުފާ ފައުޅުކުރަމާ ހިނގާށެވެ. 
އިނގިރޭސި އަންހެނުންތަކެއް އިސްނަގައިގެން ފެށި މިޙަރަކާތް އެހެން ބައެއް ޤައުމުތަކުގައިވެސް އެބަކުރިއށް ގެންދެއެވެ. އެކި ޤައުމުތަކުގައި އެކި މިންވަރަށެވެ. 
ޙަރަކާތަށް ބަލައިފިނަމަ މިފަދަ ޙަރަކާތްތަކަކީ މުސްލިމުން ކުރިއަށް ގެންދަން ޖެހޭ ޙަރަކާތްތަކެކެވެ. ނަމަވެސް ޙަރަކާތް ކުރިއަށް ގެންދަނީ މުސްލިމުން ކަމަށްނުވާތީ ދީނުގެ ވާހަކައެއް ނުދައްކައެވެ. ފާހަގަކުރަނީ ބަނގުރަލުން ލިބޭ ގެއްލުންތަކެވެ.
 
- މަޢުލޫމާތު: އިނގިރޭސިވިލާތުގައި ހުރި މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ