އަލިކިލެގެފާނު މަގު ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

މާލެ ސިޓީގެ އަލިކިލެގެފާނުގެ މަގު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މާދަމާ މެދުކެނޑުމަކީ އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ އިއުލާނުގައި ބުނެފައި ވަނީ، 2025 އޮގަސްޓު 28 ވަނަ ދުވަހުގެ، ހެނދުނު 09:30 އާއި 11:30 ގެ ދެމެދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓު ކެންޑުން އެކަށީގެންވަނީ މާލޭގެ އަލިކިލެގެފާނު މަގު ސަރަހައްދުން ކަމަށެވެ.
މިކަމާއި ގުޅިގެން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
މާލެއާއި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭއެހެނިހެން ރަށްތަކުގައި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ކުންފުނިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އަދި، ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝާއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ވަނީ ބުނެފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ