އިންޑިއާގެ ލީޑަރޝިޕާ ދޭތެރޭ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، ޗައިނާގެ ފަތުރުވެރިންގެ މައްޗަށް ބަރޯސާވުމުގެ ނޭދެވޭ އަސަރުތައް މެންބަރު ދީދީ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ޓެކްސްތަކާއި ފީތައް މަތިކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާ ދޭތެރޭވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ބައިނަލްއަޤްވާމީ މީޑިއާގެ ރިޕޯޓުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ޚާއްޞަކޮށް މެދުފަންތީގެ މާކެޓުގައި ރާއްޖޭގެ ހިއްސާ ގެއްލެމުންދާކަން ފާހަގަކުރެވެއެވެ. މި ކަންކަމަށް ރިޢާޔަތްކޮށް، މެންބަރު ދީދީ ވަނީ ދުރުވިސްނުމާއެކު ވިސްނައި ފިކުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ފަތުރުވެރިން އިތުރުވާނެކަމަށް ސަރުކާރުން ބުނާއިރު، ބޭރުގެ ނޫސްތަކުން ފެންނަ މަންޒަރު ތަފާތު: އަހުމަދު ދީދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ