ސްރީ ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސެންސަށް އެދިފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެސްއެމްއިން ރޭ ގެނެސްދިން 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ މީގެ ކުރިން ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާތަކުގައި ވެސް ރާއްޖެއިން ބޭރުގައި ބްރާންޗެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަކަން ހިއްސާކޮށްފައިވާނެ ކަމަށެވެ.
ބުނީ ކީކޭ؟ - "މިހާރު އަޅުގަނޑުމެން ވާނީ ސްރީ ލަންކާގައި ބްރާންޗެއް ހުޅުވުމަށްޓަކައި ލައިސެންސަށް އެދި، ސެންޓްރަލް ބޭންކަށް ހުށަހަޅާފައި،" ޝަރީފް ވިދާޅުވި އެވެ.
"ރާއްޖެއިން ބޭރުގައި ބޭންކުގެ ބްރާންޗެއް ހުޅުވާއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް ވެސް އެބަހުރޭ. އަދި ސްރީ ލަންކާ ނޫން އެހެން ހިސާބުތަކަށް، ބޮޑު ފައިނޭންޝަލް ސެންޓަރަކަށް އަޅުގަނޑުމެން މޫވްކުރަން ބަލާކަމަށްވާ ނަމަ ކެޕިޓަލް ވެސް ބޮޑުވާން ޖެހޭނެ،"
ތަފްސީލު - ޝަރީފް ވިދާޅުވީ މިދިޔަ އަހަރުތަކުގައި ބީއެމްއެލްގެ ކެޕިޓަލް އިތުރުވަމުން އައިސް، މިހާރު ހިއްސާދާރުންގެ ރިޒާވުގައި 16 ބިލިއަން ރުފިޔާ ހުރި ކަމަށެވެ.
"ބޮޑެތި ގައުމުތަކުގައި [ބްރާންޗެއް ހުޅުވަން ބޭނުންވާ] ކެޕިޓަލް ރިކުއަމަންޓް ފުދޭވަރަކަށް ބޮޑު. ދެން ރެޕް އޮފީހެއް ހުރެދާނެ. ދެން އެކަމަކު ސްރީ ލަންކާގައި ބްރާންޗެއް ހުޅުވިދާނެ ކަމަށް ގަބޫލުކުރެވޭތީ ބްރާންޗެއް ލައިސެންސަށް އެދިފައިވާނީ. ފީސިބިލިޓީ ސްޓަޑީޒް އާއި ޕްރޮޕޯސަލް ވެސް ހުށަހަޅާފައިވާނީ." ޝަރީފް ވިދާޅުވި އެވެ.
ނަމަވެސް ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވޭނެ ސީދާ ވަކި ތާރީހެއް އޭނާ ވިދާޅެއްނުވެ އެވެ.
ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސެންސަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ