ކަނޑުމަތީގެ ސާމާނާއި ވޯޓަސްޕޯޓްސްގެ ސާމާނު ވިއްކުމުގައި ރާއްޖޭގެ މަޝްހޫރު ސީގިއާ އިން އީދު ސޭލް 2026 މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ސޭލްގެ ދަށުން ސީގިއާ ފިހާރައިން ހުރިހާ މުދަލަކުން %70އާ ހަމައަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ އެވެ.
ތަފްސީލް - ސީގިއާ އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި އީދު ސޭލަކީ އެ ކުންފުނިން ކުރިއަށްގެންދާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު އެއް ޕްރޮމޯޝަނެވެ. މި ސޭލްގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މެރިން، ޑައިވިން، ވޯޓަސްޕޯޓްސް އަދި ލައިފްސްޓައިލް އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.
މި ސޭލް ކުރިއަށްދާ މުއްދަތުގައި ސީގިއާގެ ޝޯރޫމަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް:
ވޯޓަސްޕޯޓްސް އިކުއިޕްމަންޓްތަކާއި ކަނޑުމަތީގެ އެކި އާލާތްތަކުގެ އިތުރުން، އެންމެ ފަހުގެ ފެޝަން އަންނައުނާއި ލައިފްސްޓައިލް އުފެއްދުންތައް ވަރަށް އަގުހެޔޮކޮށް ލިބޭނެ
މިއީ ކުރިއަށް އޮތް ބަންދު ދުވަސްތަކާ ދިމާކޮށް އަމިއްލަ ފަރާތްތަކަށާއި ރިސޯޓުތަކާއި ވޯޓަސްޕޯޓްސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު އާކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެއް
ސީގިއާ އިން ބުނި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ މިފަދަ ޕްރޮމޯޝަންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިދާހުރި ފުރުސަތުތަކެއް ހޯދައިދިނުމާއި ރާއްޖޭގެ މެރިން އަދި ވޯޓަސްޕޯޓްސް ސިނާއަތުގައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމެވެ.
ސީގިއާގެ އީދު ސޭލް ފަށައިފި؛ %70 ޑިސްކައުންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ