ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ޖަމިއްޔާގައި ފަހުން ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދެވި އަބްދުލްމުއިއްޒު ހަސަން މިއަދު އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭނާ އަވަހާރަވީ ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހު އިންޑިއާގެ ބެންގަލޫރުން ވެސް އޮޕަރޭޝަނެއް ކުރައްވާފަ އެވެ.
ތަފްސީލް - މުއިއްޒު އެންމެ ފަހުން ހުންނެވީ އެޗްޑީސީގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރުގަ މަގާމުގަ އެވެ. އަދި އެޗްޑީސީގެ މުވައްޒަފުންގެ ކްލަބުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދެވީ އޭނާ އެވެ.
ތެލެސީމިއާ ސޮސައިޓީގައި އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެ ޖަމިއްޔާގެ ޗެއާޕާސަންގެ މަގާމު އަދާކުރެއްވުމުގެ އިތުރުން، އެގްޒެކެޓިވް ކޮމެޓީގެ މެންބަރެއްގެ ގޮތުގައި ވެސް، ތެލެސީމިއާއަށް މީހުން ހޭލުންތެރިކުރުވައި ބަލިމީހުންނަށް ބޭނުންވާ ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
ފާހަގަކޮށްލެވޭ - މުއިއްޒު އަވަހާރަވުމުން، ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ އޭނާއަށް ތައުޒިޔާ ރައްދުކުރައްވާފަ އެވެ.
"[މުއިއްޒު] ނިޔާވި ހަބަރު އަޅުގަނޑު އަޑުއެހީ ފުންހިތާމައާ އެކު،" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ.
"މަރްހޫމްގެ އާއިލާއަށާއި ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތައުޒިޔާ ދަންނަވަން. މާތްﷲގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަބްދުލްމުއިއްޒު ހަސަން ލަހައްޓަވާށި."
ތެލެސީމިއާ ސޮސައިޓީގެ އަބްދުލްމުއިއްޒު ހަސަން އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ